ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދިވެހި ޕާސްޕޯޓް ގުލޯބަލް ރޭންކިންގ ގައި ދަށަށްގޮސްފައިވާކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އޮތީ ދިވެހި ޕާސްޕޯޓެވެ. މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ހަތަރުވަނަ އަހަރެވެ.

Ad
rt

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރީ ސަފުން އަބަދުވެސް ޖާގަ ހޯދަމުން އަންނަ ކުޑަ ޖަޒީރާ ދިވެހިރާއްޖެ މިފަހަރު މިވަނީ ކުރިން އޮތް ރޭންކަށްވުރެ 7 ދަރަޖަ ދަށްވެ، ރޭންކިންގެ 66 ވަނައަށް ދަށަށް ޖެހިލައިފައެވެ. ފާއިތުވި 2020 ވަނަ އަހަރު ރާއްޖެ އޮތީ 59 ވަނައިގައެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސް އެކުލަވާލާފައިވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ މައުލޫމާތަށް ބިނާކޮށްގެންނެވެ.

ކޮވިޑް 19 އާއި ގުޅިގެން ދަތުރުފަތުރުކުރުމަށް ބުރޫ އަރާފައިވާއިރު، ދެކުނު އެޝިޔާގެ ޤައުމުތަކަށް މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާކަމަށް ދައްކައެވެ.

އެގޮތުން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޕާސްޕޯޓް ރޭންކިން ދަށްވެ، އުތުރު ކޮރެއާގެ ނަން ލިސްޓުގެ ކުރިއަށްޖެހިފައިވާކަމަށް ދައްކައެވެ. އޭޝީޔާގެ 8 ޤައުމެއް މިލިސްޓުގައި ފާއިތުވި 3 އަހަރު ޖައްސަ ޖައްސައިގެން އުތުރު ކޮރެއާއަށްވުރެން ކުރި ހޯދާފައިވާއިރު، މިއަަހަރުގެ ހެންލީ ރިޕޯޓް ދައްކާގޮތުން ނޭޕާލްއާއި، ޕާކިސްތާން އަދި އަފްގާނިސްތާން ވަނީ އުތުރު ކޮރެއާއަށްވުރެން ރޭންކިންގައި ދަށަށް ޖެހިލާފައެވެ. ބޫޓާން އަދި އިންޑިއާ ވަނީ އެހެން ޤައުމުތަކާއި އަޅާ ބަލާއިރުވެސް ރޭންކިންގައި ދަށަށް ޖެހިފަކަމަށް ރިޕޯޓްއިން ދައްކައެވެ.

ރާއްޖޭގެ ޕާސްޕޯޓްއަށް އޮން އެރައިވަލް ވިސާ 85 ޤައުމަކުން ލިބޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިސަރަހައްދުގެ އިތުރު ގައުމުތަކަށް ބަލާލާއިރު، އިންޑިއާވެސް ވަނީ 8 ދަރަޖަ ދަށަށް ޖެހިލާފައެވެ. ކޮވިޑް 19 ގެ ހާލަތަށް ބަލައި އިންޑިއާ އޮތީ 90 ވަނައިގައެވެ. އަދި ވިސާ ނުލައި އިންޑިއަން ޕާސްޕޯޓްގައި 58 ޤައުމަކަށް ދަތުރުކުރެވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އެންމެ ބޮޑެތި ގެއްލުންތައްވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، ސްޕެއިން އަދި އިޓަލީ އަދިވެސް އޮތީ އެޤައުމުތަކިގެ ރޭންކިންްގެ ޖާގައިގައި ހިފެހެއްޓިފައެވެ.

ހެންލީ އިންޑެކްސް ރިޕޯޓްގެ ރޭންކިންގގެ ލިސްޓުގެ 109 ވަނައިގައި އުތުރު ކޮރެއާ އޮތް އިރު، މިދިޔަ އަހަރުން ފެށިގެން އެޤައުމު އޮތީ ލޮކްޑައުންގައެވެ. ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުންކޮށް މިއަހަރުގެ ޖުލައި މަހު އެޤައުމަށް ޑަބްލިޔު.އެޗް.އޯއިން ހަދިޔާކުރި 300 މިލިއަން ވެކްސިން ވެސް އަނބުރައި އެޤައުމުން ވަނީ ފޮނުވާލާފައެވެ. ކޮވިޑް 19 އަށް ޕޮސިޓިވް ވާ މީހަކު ނެތްނަމަވެސް އެޤައުމުން 3 ފަހަރެއްގެ މަތިން ވެކްސިން ދިނުމާއި ދެކޮޅު ހަދާފައިވެއެވެ. އެހެން ނަމަވެސް ޕާސްޕޯޓް އިންޑެކްސްގައި އެޤައުމަށް ދީފައިވާ ރޭންކިންގއަށް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އާއި އަވައްޓެރި ސްރީ ލަންކާއަށް ލިބިފައިވަނީ ރޭންކިންގގެ 107 ވަނަ އެވެ.ބަންގްލަދޭޝް އޮތީ ރޭންކިންގގެ 108 ވަނައިގައެވެ. ނޭޕާލް 110 ވަނައިގައި އޮތް އިރު، ޕާކިސްތާން އޮތީ 113 ވަނައިގައެވެ. އަދި އަފްގާނިސްތާން އޮތީ 116 ވަނައިގައި އެންމެ ފުލުގަ އެވެ.

ހެންލީ އިންޑެކްސްގެ ރޭންކިންގއަށް ބަލާއިރު އޭޝިޔާގެ އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ޖަޕާން، ސިންގަޕޫރު ލިސްޓުގެ އެންމެ ކުރީގައި އޮތްއިރު، އެޤައުމުތަކުން ވިސާ ނުލައި 192 ޤައުމަކަށް އެޤައުމުތަކުގެ ޕާސްޕޯޓުގައި ދަތުރުކުރެވެއެވެ. އުތުރު ކޮރެއާ އާއި އެކު ޖަރުމަންވިލާތް ރޭންކިންގގެ ދެވަައިގައި އޮތްއިރު، މިއީ ޖަޕާނު މިލިސްޓުގެ މިހާ ކުރިއަށް ޖެހިލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އޭޝިޔާގެ ޤައުމުތަކުގެ އިތުރުން މިލިސްޓުގެ އެންމެ ކުރީގައި އުޅެނީ ހުޅަނގުގެ ޤައުމުތަކެވެ.

ކޮވިޑް 19 އާއި ގުޅިގެން ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށް ލޮކްޑައުންކޮށްފައިވާއިރު، ހެންލީ އިންޑެކްސްގެ ރިޕޯޓްގައި ރޭންކިންގ ދެވިފައިވާނީ ހަމައެކަނި ކޮވިޑް 19ގެ ހާލަތަށް ބަލައިފައި ނޫންކަމަށްވެސް ހެންލީ ޕާސްޕޯޓް އިންޑެކްސްއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ކުރިން ބޭނުންކުރި އީ ޕާސްޕޯޓު އުވައިލުމަށްފަހު ސަލާމަތީ ގިނަ ސިފަތަކެއް ހިމެނޭ ބަޔޯމެޓްރިކް ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓު ބަދަލުކުރީ 2016ވަނަ އަހަރުގަ އެވެ. މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓުގައި މީހާގެ ފިންގަޕްރިންޓާއި ބަޔޮލޮޖިކަލް އެހެން މައުލޫމާތު ހިމެނޭނެ އެވެ.