އދ. ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލާލާފައި އޮއްވައި ފެނިފައިވާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ދަނގެތީ ކައުންސިލް މެންބަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެއީ 55 އަހަރުގެ މީހެކެވެ.

ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބެލުމަށް ފަހު، އެމީހާ ގެއިން ބޭރަށް ދިޔުމަށް ފަހު އަނބުރާ ގެޔަށް ގޮސްފައި ނުވަތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ރައްޔިތުން ކުރި ކަމަށް އެ މެންބަރާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ.

އެއީ ވިޔަފާރިވެރިއެއް ކަަމަށާއި، ފެނުނުއިރު އެމީހާ އޮތީ ބަނދެފައި ވަޅަކަށް ވައްޓާލާފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި އެމީހާގެ ފުރާނަ ނެތްކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ، އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.