މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި މެޗާ ގުޅިގެން ފޯރި ނަގައި، ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް އުރީދޫއާއި ސިޓީކައުންސިލާއި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ވަނީރޭވިފަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފަވެއެވެ.

Ad
rt

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވިއިރު، ސިޓީ ކައުންސިލްވެސް އޭގެ ތެރޭގައި ޝާމިލްކޮށްގެން ވިދާޅުވެފައި ވާތީ، އެކަން ދޮގުކުރައްވައި މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށެވެ.

ސިޓީ ކައުންސިލުން އިސްނަގައިގެން ހަމަޖެއްސީ މެޗަށް ނުވަދެވޭ ފަރާތްތައް އެއް ތަނެއްގައި ތިބެ މެޗު ބެލުމުގެ އިންތިޒާމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް މިއުޒިކް ސޯ ބާއްވާނެ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި ބައެއް ދީނީ ޢިލްމްވެރިން ވެސް ވަނީ ވަރަށް ބޮޑަށް އެކަމަށް ނުރުހުންވެ ފާޑު ކިޔާފައެވެ.