ހއ. ކެލާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި އެވެ.
މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ.
މުބާރާތުގައި ކެލާގެ އަންހެން 4 ޓީމު ވާދަކުރާއިރު ހއ. ވަށަފަރުގެ އަންހެން ވޮލީ ޓީމުވެސް ވާދަކުރާނެ އެވެ.
ޖުމްލަ 5 ޓީމާއެކު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަށަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 13 ވާ ބުދަ ދުވަހުގެ ހަވީރު 15:40 ގައެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ކެލާ އަށް ނިސްބަތްވާ ކެލަވަކި ޓީމް އަދި ނާޅި ޓީމް އެވެ.
މުބާރާތް ފެށުމާ ގާތްވެފައި ވާއިރު މުބާރާތުގެ ފޯރި ވަރަށް ގަދަކަމަށް އިންތިޒާމް ކުރާ ފަރާތުން ވަނީ 'ތިލަދުން' އަށް މައުލޫމާތު ދެއްވާފައެެވެ.
އަދި ކެލާ ޓީމުތަކަށް ކުޅޭ ރަށުން ބޭރު ކުޅުންތެރިންވެސް ޓީމުތަކާއި އެކު ފަރިތަކުރުންތައް ފަށާފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތަކީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް، އެންމެގިނަ ޕޮއިންޓު ހޯދާ 2 ޓީމު ފައިނަލްގައި ކުޅޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތަކީ 'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ފުރަތަމަ މުބާރާތެވެ. އަދި މުބާރާތުގެ ރަސްމީ މީޑިއާރ ޕާރޓްނަރުގެ ހައިސިއްޔަތުން 'ތިލަދުން' އިން މުބާރާތުގެ ކަވަރެޖް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!