ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތެޔޮ ސަޕްލައި ކުރުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އެމްއޭސީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ މި އެއްބަސްވުން އާކޮށް ސޮއިކޮށްފައި ވަނީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓޫވާޑްސް އެވެ.
މި އެއްބަސްވުމުގެ ދަށުންއެއާޕޯޓަށް ބޭނުންވާ ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް އެސްޓީއޯއިން ފޯރުކޮށްދޭނެއެވެ.
ވީއައިއޭއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި އެސްޓީއޯއިން ސަޕްލައި ކޮށްދޭތާ ގިނަ އަހަރުތަކެއް ވެފައި ވާއިރު، އެގްރީމެންޓް އާކުރެވުމާއެކު އިތުރު އެއް އަހަރާއި ހަ މަސްދުވަހަށް އެސްޓީއޯއިން ތެޔޮ ސަޕްލައި ކޮށްދޭނެއެވެ.
ވީއައިއޭގެ އިތުރުން، ކައްދޫ، ކާޑެއްދޫ އަދި ހަނިމާދޫ އެއާޕޯޓުގައި އޭވިއޭޝަން ރިފިއުލިން ހިދުމަތްވެސް އެސްޓީއޯއިން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!