މައުލޫމާތު ފެތުރުމަށާއި، ސިޓީ ކައުންސިލްގެ ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔެދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މިގޮތުން މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

Ad
rt

މިގޮތުން ބީލަން ރަޖިސްޓްރީ ކުރުމަށާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަދި އަގު ހުށަހެޅުން އޮންނާނީ 20 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ ހެދުނު 9:00 ގައެވެ.

މި ދެ ބައްދަލުވުން ވެސް އޮންނާނީ އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގައި ކަމަށް އެ އިއުލާންގައި ބުނެފަވެއެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ކައުންސިލްގެ އިއުލާންގަވެއެވެ.

މި ބީލަމާބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ ރަސްމީ ގަޑީގައި މާލޭ ސިޓީ ކައުންސިލްގެ ނަންބަރު 3025407 ފޯނަން ގުޅުމަށް ނުވަތަ އެކައުންސިލްގެ އީމެއިލް bids@malecity.gov.mv އަށް އީމެއިލް ކުރެއްވުމަށް މާލޭ ސިޓީ ކައުންސިލުން އެދިފަވެއެވެ.