ކެނެރީ އައިލޭންޑްސްގެ ލަ ޕާލްމާގެ އަލިފާން ފަރުބަދައެއް ގޮވައި، ފެތުރުނު ދިޔާ އަލިފާންގަނޑު ކޯރެއްހެން ކަނޑުގައި ފެތުރި 550 ޔާޑުގެ ޕިރަމިޑެއް އުފެދިއްޖެއެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ދިޔާވި އަލިފާންތައް ކޯރެއްހެން ލަ ޕާލްމާގެ ތެރެއިން ކަނޑަށް ފެތުރި ވަނީ ގަލަށްވެފައެވެ.

Ad
rt

ސެޕްޓެމްބަރުމަހުގެ މެދު ތެރޭގައި ކުމްބްރެވީޖާ އަލިފާން ފަރުބަދަ ގޮވައި ލަ ޕާލްމާގެ މީހުން ދިރިއުޅޭ ހިސާބުތަކަށް އަލިފާންގަނޑުގެ ދިޔަ ފެތުރި 1،074 އަށްވުރެ ގިނަ އިމާރާތަކަށް ވަނީ ގެއްލުންލިބިފައެވެ.

މި އަލިފާންގަނޑު ކަނޑަށް ފެތުރި ހަރުވުމުން 546 ޔާޑުގެ ހިލަގަނޑެއް ވަނީ އުފެދިފައެވެ. ދިޔާ އަލިފާންގަނޑު ދަތުރުކޮށްފައި ވަނީ ކެނެރީ އައިލެންޑްސްގެ ކައިރިން އެފްރިކާ ބައްރުގެ ހުޅަނގު އުތުރަށްކަމަށް ސައިންސްވެރިންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ލަ ޕާލްމާގެ ރީޖަނަލް ލީޑަރު އެންޖަލް ވިކްޓަރ ޓޯރެސް ހާމަކޮށްފައިވާ ގޮތުގައި 50 އަހަރު ކުރިން ލަޕާމާގައި ގޮވި އަލިފާން ފަރުބަދައަށް ވުރެ މިފަހަރު ގޮވި އަލިފާން ފަރުބަދައިގެ ސަބަބުން ލިބުނު ގެއްލުން ދެގުނަ ބޮޑުކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން ސްކޫލްތަކާއި 800 އަށް ވުރެ ގިނަ ގެއަކަށް ގެއްލުންވެފައިވާކަމަށް ބުނެފައިވެއެވެ. އަދިވެސް ކުރިއަށް ދިމާވެދާނެ ގޮތެއް ނޭންގޭކަމަށް އޭނާ ބުނެފަވެއެވެ.

މާސްކު އަދި ގޮގުލް އަޅައިގެން މީހުން މަގުތަކުގައި ހިނގާބިނގާވެ އުޅޭއިރު، މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ބުނަނީ، މަގުގައި ހީވަނީ ކަޅުވެލީގެ ކާޕެޓެއް އަޅާފައިވާހެންނެވެ. އަލިފާން ފަރުބަދަ ގޮވައި ބޮޑެތި ހިލަގަނޑުތަކާއި އަލިފާން ގަނޑުތައް ވަނީ ރަށު ތެރެއަށްވެސް ބުރަ ބުރައިގެން ގޮސްފައެވެ.

އަލިފާން ފަރުބަދަ ގޮވައި އުފެދިފައިވާ ދުމުގެ ސަބަބުން ލަޕާމާގައި އުޅޭ މީހުންނަށް ފުއްޕާމެއާއި ނޭވާލާ ނިޒާމްއަށް އަސަރުކުރުމުގެ އިތުރަށް ހިރަފުހާއި ދުމުން ލޮލަށް އަދި ހަމަށް އެކިވަރުގެ އެލާޖީތައް ވަމުން އަންނަކަންވެސް ޓޯރެސް ހާމަކޮށްފައިވެއެވެ.

އެފްރިކާ ބައްރުގެ ހުޅަނގު އުތުރުގައި އުފެދިފައިވާ ކެނެރީ އައިލެންޑްސްއަށް ނިސްބަތްވާ ސްޕެއިންގެ ލަ ޕާލްމާއަކީ 85،000 މީހުންގެ އާބާދީއެއް އޮންނަ ރަށެއްކަމަށާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކުވެފައިވާ ނުވާކަމަށް ޚަބަރުތައް ބުނެއެވެ.