އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ މި ބިން ހެލުން ރެކޯޑް ކުރެވިފައި ވަނީ މިރޭ މެންދަމު 01:43 ހާއިރުއެވެ.

Ad
rt

މި ބިންހެލުން އައިސްފައި ވަނީ މިޑް އިންޑިއަން ރިޖު ސަރަހައްދަށް، 10 ކިލޯ މީޓަރު ފުނުންނެވެ.

މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވެއެވެ.

އިއްޔެ ވަނީ ވަނުއާޓޫ ސަރަހައްދަށް ވެސް ބިން ހެލުމެއް އައިކަމަށް ރެކޯޑް ކުރެވިފައެވެ. އިއްޔެ ހެނދުނު 11:29ގައި އައި މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއާއި 11337 ކިލޯ މީޓަރު ދުރުންނެވެ.

6.9 މެގްނިޓިއުޑްގެ ބާރުމިނުގެ މި ބިންހެލުން އައިސްފައި ވަނީ ވަނުއާޓޫ ސަރަހައްދަށް 526 ކިލޯ މީޓަރު ފުނުންނެވެ. މި ބިންހެލުމުގެ އެއްވެސް އަސަރެއް ވެސް ރާއްޖެއަށް ކޮށްފައެއް ނުވެއެވެ.