މާކް އެން ކޯ (އެމް.އާރް.އެން.ކޯ)އިން އުފައްދާފައިވާ ބޭހުގެ ސަބަބުން ކޯވިޑް-19 ގައި މަރުވާ މީހުންނާއި ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންނަށް ބަލިން ރަގަޅުވުމަށް އޮތް ފުރުސަތު ބޮޑުވެ އައު އުންމީދެއް ލިބިއްޖެއެވެ.

މިގޮތުން އެކުންފުނިން އުފައްދާފައިވާ އެމޮލްނުޕިރާވިރް ބޭހަށް ހުއްދަ ލިބިއްޖެ ނަމަ، ކޯވިޑް ބަލިން ދިފާއުވުމަށް ބޭނުން ކުރެވޭނެ އެންމެ ފުރަތަމަ ބޭހަށް މިބޭސްވެގެންދާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

Ad
rt

މޮލްނުޕިރާވަރު ބޭސް މިހާތަނަށް ތަޙުލީލް މަރުހަލާގައި އިންސާނުންނާއި ޖަނަވާރުންނަށް ދީ ކުރެވުނު ތަހުލީލްތަކަށް ބަލާއިރު، ވެކްސިންއަށް ވުރެ މި ބޭސް ބޭނުންކޮށްގެން ކޯވިޑުން ރައްކާތެރިވެވިދާނެކަމަށް ދައްކައެވެ. އެހެން ކަމުން ވެކްސިން ޖެހުމަށް ބޭނުންނުވާ މީހުންނަށް ބޭސް ކައިގެން ކޯވިޑުން ދިފާއުވެވޭވެނެއެވެ.

އެމެރިކާގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކުރެވިފައިވާ ކޯވިޑް 19 ގެ ޕޭޝަންޓުންގެ ތެރެއިން 775 މީހަކަށް 29 ދުވަސްވަންދެން މި ބޭސް ދީގެން ހޮސްޕިޓަލުގައިވަނީ ފަރުވާދީފައެވެ. އަދި ފަސް ދުވަސް ވަންދެން ދެ އިރު މޮލްނުޕިރާވަރު ވަނީ ދީފައެވެ. މި ބޭސް ބޭނުން ކުރި ބަލި މީހުންގެ ތެރެއިން 7.3 އިންސައްތަ މީހުން ވަނީ ބަލިން ފަސޭހަވެފަކަމަށާއި މި ބޭސް ދިން އެއްވެސް މީހަކު ކޯވިޑް ބަލީގައި މަރުވެފައިނުވާކަމަށް ދިރާސާއިން ދައްކައެވެ.

މީގެ ތެރޭގައި ކޯވިޑް ބަލީގެ އަލާމާތްތައް ފެނި ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނާއު އޮބޭސިޓީ ނުވަތަ ފަލަ ބަލީގެ މީހުން ހިމެނެއެވެ. މިމީހުންނަކީ އެމީހުންގެ ގައިގެ އިމިއުން ލެވެލް ދަށްމީހުންކަން ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔެއަށް ބަލާއިރު 5 މިލިއަނެއްހާ މީހުން ކޯވިޑް ބަލީގައި މަރުވެގެން ގޮސްފައިވާއިރު، އެމެރިކާގައި އެކަނިވެސް 700،000 މީހުން މިބަލީގައި މަރުވެފައިވާއިރު، ބޭސް ގުޅައެއް ކައިގެން ކޯވިޑް ބަލިން ރައްކާތެރިވެވޭ ނަމަ މިއީ ވަރަށްވެސް ރައްކާތެރި ގޮތަކަށް ވެގެންދާނެކަމަށް އޮކްސްފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޕީޓަރ ހޯރބީ ވެސް ވަނީ ބުނެފައިވެއެވެ.

މިހާތަނަށް ކޯވިޑް ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ޑެލްޓާ ވޭރިއަންޓް ޖެހުނު މީހުންކަން ފާހަގަކޮށް މާކް ބުނެފައިވަނީ ޑެލްޓާ ވޭރިއަންޓުން ދިފާޢުވުމަށްވެސް މޮލްނުޕިނާވަރަކީ އެންމެ ރަގަޅު އެއް ބޭސްކަމުގައެވެ.

މީގެ އިތުރުން މާކް ބުނެފައިވަނީ، ދަރިމައިވާ އުމުރުގެ މީހުން މޮލްނުޕިނާވަރު ބޭނުންކުރާ ނަމަ، ދަރިމައިވުމުގައި މައްސަލަތައް އުޅޭނެކަމަށާއި، ވީމާ ފިރިހެނުންވެސް އަދި އަންހެނުންވެސް ދޭތެރެ ދުރުކުރުމަށް ބޭނުންވާ ވަސީލަތްތައް މިބޭސް ބޭނުންކުރާ ނަމަ ބޭނުންކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ބޭސް އުފެއްދުންތެރިޔާ މާކް ބުނެފައިވަނީ 2021 ވަނަ އަހަރު ނިމޭއިރު 10 މިލިއަނެއްހާ ބޭސް އުފައްދާނެކަމަށެވެ. އަދި އެމެރިކާގެ ސަރުކާރަށް ހަދާފައިވާ އެގްރިމެންޓްގެ ދަށުން މި ބޭހުގެ ކޮންމެ ޑޯސޭޖްއަކީ 700 އެމެރިކާ ޑޮލަރުކަމަށާއި 1.7 މިލިއަންގެ ބޭސް އެމެރިކާއަށް އެކަނިވެސް ދިނުމަށް އެއްބަސްވުން ހަދާފައިވެއެވެ. އަދި އެހެން ޤައުމުތަކާއި އެކުވެސް އެޤައުމެއްގެ ފެންވަރުން ބޭސް ފޯރުކޮށްދިނުމަށް އެގްރީމެންޓްތައް ހެދުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް މާކް ބުނެފައިވެއެވެ.

މީގެ އިތުރުން ހެޔޮ އަގެއްގައި މި ބޭސް އެކި ޤައުމުތަކަށް ފޯރުކޮށްދިނުމަށް އިންޑިއާގެ ބޭސް ވިއްކާ ކުންފުންޏަކާއި އެކު ލައިސެންސް އުފައްދައިގެން ބޭސް ސަޕްލައި ކުރުމަށް ވާހަކަތައް ދެކެވެމުން އަންނަކަންވެސް މާކް ވަނީ ހާމަކޮށްފައެވެ.

ފައިޒާ އަދި ސްވިސް ބޭސް އުފައްދާ ރޮޗަރ ހޯލްޑީންގްއިންވެސް ކޯވިޑް-19 އިން ދިފާއުވުމަށް ބޭހެއް އުފައްދާ ތަހުލީލްތައް ކުރަމުން އަންނަކަމަށް ރޮއިޓަރސްއިން ވަނީ ހާމަކޮށްފައެވެ.