ހދ. ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި އެވެ.
ނައިވާދޫގައި ދިރިއުޅޭ ސްކޫލް ކުދިންްނަށް ހާއްސަކޮށް ފަށާފައިވާ މި އެކަޑަމީ އަލަށް އިފްތިތާހުކުރުމާއި އެކު އެކަޑަމީގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ ފުޓްބޯޅަކުޅޭ ޖާޒީ އާއި، ބޫޓު އަދި އިސްޓާކީނު ހަދިޔާކޮށްފައެވެ.
ނައިވާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި ޓްރެއިނާސް ކްލަބް ރަޖިސްޓްރީކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެކުލަބުގެ މި އެކަޑަމީގައި 6 ކޯޗުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޯޗުކަން ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށެވެ.
މި އެކަޑަމީގައި ޖުމްލަ 64 ކުދިން ހިމެނޭ ކަމަށާއި، އަންނަ މަހުގެ ތެރޭގައި ފުޓްބޯޅައިގެ އިތުރަށް ވޮލީގެ ހަރަކާތްތައްވެސް ފެށުމާއި އެކު މި އަދަދު ގިނަވެގެން ދާނެ އެކުލަބުން ހާމަކޮށްފައިވެއެވެ. ފުރަތަމަ މަހު އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
"މިއަދު ފެނިގެން މިދިޔައީ، މި ކުލަބްގެ ވަރަށް ގިނަ ހުވަފެންތަކެއްގެ ތެރެއިން ހުވަފެނެއްގައި ހަގީގީ ކުލަ ޖެހިގެންދިޔަތަނެވެ. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ކުލަބްގެ ހިންގާ ކޮމިޓީގެ އެންމެ މެމްބަރުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމާއި އަދި މިކަމަށް އެކިއެކި ގޮތްގޮތަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް، މިކުލަބްގެ އެންމެހާ އާންމު މެންބަރުންގެ ނަމުގައި ސުކުރު ދަންނަވަމެވެ. ސުކުރިއްޔާ! މާތް اَللّٰهُ އަޅުގަނޑުމެނާއި އަޅުގަނޑުމެންގެ ކުލަބަށް ފާގަތިކަން މިންވަރުކުރައްވާށި."
މީސްމީޑިޔާގައ ިއެކުލަބުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި އެކަޑަމީގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އަދި ހަމަޖެހިފައި ވަނީ ރަށުގެ ބޮޑު ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!