ގޭތެރޭގައި ހުންނަ ކޮންމެ އެއްޗެއްގައިވެސް ހިރަފުސް ހުރެއެވެ. އެކަމަކު ހިރަފުސް އަރަނީ ކިހިނެއްބާ؟ ހިރަފުސް އުފެދެނީ އަދި ސާފުކުރުމުންވެސް އެ އަލުން އަނބުރާ އަންނަނީ ކީއްވެގެންބާ؟ ހިރަފުސް ތަންތަނަށް ވަންނަނީ ބޭރުންބާ ނުވަތަ އަހަރުމެން ލާން ގެންގުޅޭ ހެދުމުން ހިރަފުސް އުފެދިދާނެބާ؟ ނޫންނަމަ ގައިގެ ހަމުން ނިކުންނަ ކުނޑިން ހިރަފުސް އުފެދިދާނެބާ؟ މިއީ ހައްތަހާވެސް ހިރަފުސް އުފެދުމާއިމެދު އާންމުންގެ ހިތުގައި އުފެދޭ ސުވާލުތަކެވެ.
ހިރަފުހާއި ބެހޭ ގޮތުން ކުރިއަށްގެންދާ "ޑަސްޓްސޭފް ޕްރޮގްރާމް"ގެ އެހީގައި މިހާރު ދަނީ ހިރަފުހާއި ބެހޭ ދިރާސާތައް ކުރަމުންނެވެ. އަދި މި ޕްރޮގްރާމްގައި 35 ޤައުމަކުންވަނީ ބައިވެރިވެފައެވެ.
އެގޮތުން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ގޭގައި ބޭނުންކުރާ ބައެއް ތަކެތި ހިރަފުސް އުފެދޭ ގޮތްތައް ދެނެގަތުމަށް ތަހުލީލްކޮށް ދިރާސާކުރުމަށް އެޤައުމުގެ މެކުއަރީ ޔުނިވާސިޓީއަށް ދަނީ ފޮނުވަމުންނެވެ. އެގޮތުން ގޭތެރެ ވެކިއުމްކޮށް، ވެކިއުމްގައި އިންނަ ބޭގްއަށް އެޅޭ ކުނިތައް ދަނީ ތަހުލީލްކުރުމަށް ފޮނުވަމުންނެވެ.
އެ ޔުނިވާސިޓީއަށް ލިބިފައިވާ ތަކެތީގެ ތަހުލީލްތަކަށް ބަލާއިރު މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަކީ، ހިރަފުހަކީ އަހަރުމެން ދިރިއުޅޭ ވެށިން އުފެދޭ އެއްޗެއްކަމަށާއި، ގޭތެރެއިންނާއި އިމާރާތްތަކުން ހިރަފުސް އެފެދެއެވެ. އަދި މިއީ ކޯވިޑް 19ގެ ކުރިން އާންމު ދިރިއުޅުމުގެ 90 އިންސައްތަ މީހުން ދިރިއުޅޭ ތަންތަނެވެ.
ބައެއް ކަހަލަ ހިރަފުހަކީ ގުދުރަތީ ހިރަފުހެވެ. މިއީ ގަލާއި، ވެލި އަދި ޖައްވުން އުފެދިގެން ދައުރުވާ ހިރަފުސްކަން ފާހަގަކޮށް ޑަސްޓް ސޭފް ޕްރޮގްރާމުން ހާމަކޮށްފައިވެއެވެ. އަދި އޮސްޓްރޭލިއާގައި އާންމުކޮށް ހިރަފުސް އުފެދެން ދިމާވާ ތަކެއްޗަކީ، ޓްރޭސް މެޓަލްސް، ރޭޑިއޯ އެކްޓިވް އެލެމެންޓްސް، އެންޓިބައޮޓިކް ރެސިސްޓެންޓް ޖީންސް، މައިކްރޯ ޕްލާސްޓިކް އަދި ޕަރފުލުއޯރިނޭޓެޑް ކެމިކަލްސްއިންކަމަށް ހާމަކޮށްފައިވެއެވެ.
ގޭތެރޭގައި ހުންނަ ތަކެތިން ހިރަފުސް އުފެދޭއިރު، ބޭރުން ވައިގެ ޒަރިއްޔާއިންނާއި، ފައިވާން، ބޫޓުފަދަ ތަކެއްޗާއި އެކު ހިރަފުސް ގޭތެރެއަށް ވަންނަކަމަށް ބުނެފައިވެއެވެ. ގޭގައި ގެންގުޅޭ ދިރޭ ތަކެއްޗާއި އިންސާނުންގެ ގައިން ނިކުންނަ ހަމާއި އިސްތަށިންވެސް ހިރަފުސް އުފެދެއެވެ.
ގޭގައި ގެންގުޅޭ ދިރޭ އެއްޗެހިން ހިރަފުސް އުފެދުމަށް މަގުފަހިވާއިރު، މިއިން އުފެދޭ ބައެއްކަހަލަ ހިރަފުހުން އިންސާނާއަށް ދުޅަ ހެޔޮ ސިއްހަތަކަށް ފައިދާވެސް ކުރުވައެވެ. ބޭރުން ނޫންގޮތުގައި ވެސް ހިރަފުސް އަބަދުވެސް ޖައްވުގައި ދައުރުވެއެވެ. މިއިން ދޭހަވާ ކަމަކީ ބަންދުކޮށްފައި ހުންނަ ގޭގެ ތެރެއިންވެސް ހިރަފުސް ފެނުމެވެ. މިފަދަ ތަންތަނުގައި ހިރަފުސް އާލާވާން ދިމާވާ ސަބަބަކީ ގޭގެ ސީލިންގ، ދޮރާއި ކުޑަދޮރު، ފާރުތައް ނުވަތަ ތަޅުމުގައި ހުންނަ ހަލާކުވެފައި ހުންނަ ތަންތަނުންނެވެ.
ބޭރުން ވަންނަ ހިރަފުން ރައްކާތެރިވުމަށް ނުވަތަ ހިރަފުސް ގޭތެރޭގައި އާލާވިއަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ބޭރުން އައުމަށްފަހު ލައިގެން ހުންނަ ހެދުން ބަދަލްކުރުމަށް އާދަކުރުމާއި، އަދި ގެއިން ބޭރުގައި ބޭނުންކުރާ ބޫޓު ފައިވާން ފަދަ ތަކެތި ގޭތެރޭގައި ބޭނުން ނުކުރުން ހިމެނެއެވެ. އަދި ގޭތެރޭގައި ހުންނަ ހިރަފުސް ފޮޅުމަށް ވެކިއުމެއް ނުވަތަ ތެތް ފޮތިގަނޑެއް ބޭނުންކުރުމަށް ޑަސްޓްސޭފް ޕްރޮގްރާމްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!