ފިޔަވަތީގައި އުޅޭ ކުދިންނަށް ޚާއްސަކޮށްގެން ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

Fiyavathi

ހޭންޑްބޯލް މޯލްޑިވްސްއާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ފިޔަވަތީގައި އުޅޭ ކުދިންނަށް ހާއްސަކޮށްގެން ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސްއަށް އެހީތެރިވުމުގެ ގޮތުން ހޭންޑްބޯލް މޯލްޑިވްސް އަދި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށްގެންގޮސްފައިވާ ހަރާކާތްތަކެއްކަމަށް ސްޕޯރޓްސް ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުން އަންނަ ކުދިންނަށް ޚާއްސަކޮށް ކުޅިވަރު ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައިވަނީ އެކުދިންގެ މެދުގައި ކުޅިވަރަށް ލޯބި ޖެއްސުމާއި، އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާނެ މުހިންމު ކަންތައްތައް އެކުދިންނަށް ދަސްކޮށްދިނުމަކަމަށް ވެސް އެ ކޯޕަރޭޝަން އިން ބުނެއެވެ.

ވެމްކޯއިން ވެސް ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފިޔަވަތީގައި ތިބި ކުދިން ފުޓުބޯޅަ ކުޅެން ބޭނުންވާ ސާމާނު ހަދިޔާ ކޮށްފައެވެ. މިދިޔަ ބުދަދުވަހު ހަދިޔާކުރި މި ސާމާނުތަކުގެ ތެރޭގައި ފުޓުބޯޅަ އާއި ކޯންސް އާއި ބިބްތަކާއި މާކަރާއި މެޑިކަލް ކިޓް ހިމެނެއެވެ.

މިއީ ފިޔަވަތީގައި ފަށާ ފުޓުބޯޅަ ޓްރެއިނިން އަށް ވަރަށް ބޮޑު އެހީއެއް ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ފާހަގަ ކުރައްވާފައި ވެއެވެ.

ފިޔަވައްޗަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް މާލެ ސިޓީގެ ހުޅުމާލޭގައި ސަރުކާރުން ގާއިމުކޮށްފައި ހުންނަ މަރުކަޒެކެވެ. މި މަރުކަޒަކީ ޖެންޑާ މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ މަރުކަޒެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި