ދުނިޔެ ވަށައިގެން އެތައްކެއް ސެޓެލައިޓްތަކެއް ދަތުރުކުރަމުން އަންނައިރު، މިކަމުގެ ސަބަބުން ޖައްވު ތޮއްޖެހިފައިވާކަމަށް ފިޒިކްސްގެ ޕްރޮފެސަރަކު ހާމަކޮށްފިއެވެ.
މަސަޗުސެޓްސް ޔުނިވަރސިޓީގެ ފިޒިކްސް ޕްރޮފެސަރެއްގެ އިތުރުން ސެންޓަރ ފޯރ ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑައިރެކްޓަރުކަން ކުރަމުން އަންނަ ޕްރޮފެސަރު ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ހަފްތާއަކު މުޅިން އައު ސެޓެލައިޓްތަކާއި އެކު ރޮކެޓްއެއް ޖައްވަށް ފޮނުވައެވެ.
ޖައްވު ތޮއްޖެހިފައިވާތާ އަހަރެއްވެފައިވާއިރު، ދާދިފަހުން މާސްއަށް ފޮނުވި ރޮކެޓާއި އެކު ޖައްވުގައި ހަރަކާތްތެރިވަމުން އަންނަ ސެޓެލައިޓްތަކުގެ އަދަދު އިތުރުވެ ތޮއްޖެހިފައިވާކަން ފާހަގަކޮށް، އަދި އިތުރަށް ތޮއްޖެހުމަށް އޮތް ފުރުސަތު ބޮޑުކަމަށް އޭނާ ބުނެއެވެ.
ދުނިޔެ ވަށައިގެން ދަތުރުކުރަމުން އަންނަ ބައެއް އުޅަނދުތައް ގޮވައި ނެތެމުން އަންނައިރު، ހާހަކަށްވުރެ ގިނަ ސެޓެލައިޓްތައް ދުނިޔެ ވަށައިގެން މަސައްކަތްތައް ކާމިޔާބުކުރަމުން ދާކަމަށް އޭނާ ބުނެއެވެ. ސެޓެލައިޓް ލޯންޗް ކުރާ ގްރޫޕްތަކުން ޖައްވަށް ފޮނުވާ ސެޓެލައިޓްތަކުގެ އަދަދު ސީދާ ހާމަނުކުރި ނަމަވެސް، އެސެޓެލައިޓްތަކުގެ މަސައްކަތް ފުރިހަމަކަން ދައްކައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ބަލާއިރު، ދުނިޔެ ވަށައިގެން ޖައްވުގައި 7،941 ސެޓެލައިޓް ދަތުރުކުރަމުން އަންނަކަމަށްވަނީ ރެކޯރޑްކުރެވިފައެވެ. 1957 ވަނަ އަހަރުން ފެށިގެން ސެޓެލައިޓްތަކުގައި އިންސާނުން ޖައްވަށް ފޮނުވަން ފަށުމާއި އެކު، ޖައްވަށް ފޮނުވޭ ސެޓެލައިޓްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 60 އާއި 100 އާއި ދެމެދުގެ އަދަދަކަށް އަހަރެއްގެ ތެރޭގައި ޖައްވަށް ފޮނުވޭ ސެޓެލައިޓްގެ އަދަދު ވަނީ އިތުރުވެފައެވެ.
20 ވަނަ ގަރުނުގެ މެދު ތެރެއަށް ބަލާއިރު ޖައްވަށް ފޮނުވަމުންދާ ސެޓެލައިޓްތަކުގެ އަދަދު ދަށްވި ނަމަވެސް ދެމެހެއްޓެނިވި ގޮތުގައި ޖައްވުގެ މަސައްކަތްތައް ބެލެހެއްޓެމުން އަންނަކަން ޕްރޮފެސަރވަނީ ފާހަގަކުރައްވާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ފާހަގަވެގެންދަނީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޖައްވަށް ސެޓެލައިޓްތައް ފޮނުވުނު އަހަރުކަމުގައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު 16 އާއި ހަމައަށް ބަލާއިރު، 1،400 ސެޓެލައިޓް ވަނީ ފޮނުވާފައެވެ.
ފާއިތުވި 2020 ވަނަ އަހަރު ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓްތަކުގެ އަދަދު 1،300 ގައެވެ. މިހަފްތާގައި އެކަނިވެސް ސްޕޭސް އެކްސް 51 ސްޓަރލިންކް ސެޓެލައިޓެއް ދުނިޔެ ވަށައިގެން ދައުރުކުރުމަށް ވަނީ ފޮނުވާފައެވެ.
އަލަށް އީޖާދުކުރެވޭ ސެޓެލައިޓްތަކުގެ ބަރުދަން ލުއިވުމާއި އެކު ހެޔޮ އަގެއްގައި ސެޓެލައިޓް ހެދުމަށާއި މިސައިލްތަކުގައި ފޮނުވޭ ސެޓެލައިޓްތައް އިތުރުކުރެވެއެވެ. އެގޮތުން 2020 ވަނަ އަހަރު އަލަށް އީޖާދުކުރެވުނު ސެޓެލައިޓްތަކުގެ 94 އިންސައްތަ ސެޓެލައިޓްތަކުގައި ހުންނަނީ 1،320 ޕައުންޑް ނުވަތަ 600 ކިލޯއެވެ.

ސްޓަރލިންކްއިން ޖައްވީ އުޅަނދުތައް ފޮނުވަމުން އަންނަ މިންވަރު އިތުރުވުމާއި އެކު، ރޭޑިއޯ އެސްޓްރަނައުންޓުން ވަނީ މި އުޅަނދުތަކުގެ ސަބަބުން ޖައްވު ތޮއްޖެހި ތަރިތައް ބެލެހެއްޓުމަށް އަޅާފައިވާ ފްރީކުއެންސީތަކުން 70 އިންސައްތަ އަށް ވުރެ ބޮޑު ބައެއް ގެއްލި އެސްޓްރަނައުންޓުންގެ މަސައްކަތްތަކަށް ބުރޫއަރަމުން އަންނަކަމަށް ބުނެފައެވެ. އަދި މިކަމަށް އެދޭވޭ ހައްލެއް ގެނެސް މިކަންތައްތަކުގައި ދެމެހެއްޓެނިވި ސިޔާސަތެއް ޖައްވީ އުޅަނދުތައް ފޮނުވާ ފަރާތްތަކުން ބެހެއްޓުމަށްވެސް ވަނީ ގޮވާލާފައެވެ.
ޖައްވު ތޮއްޖެހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެއްކަމަށް އެސްޓްރޮނައުންޓުން ފާހަގަކުރަނީ، އިންޓަރނެޓްގެ ޙިދުމަތަށް ޚާއްސަކޮށްގެން އެމެޒޯން ކުންފުންޏާއި، ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓްތަކުގެ ސަބަބުންކަން ފާހަގަކޮށްފައިވެއެވެ. އަދި ސްޓޫޑެންޓް ޕްރޮޖެކްޓް އޮން ދަ ސްޕޭސް ސްޓޭޝަންގެ ދަށުން 105 ޤައުމެއްގެ ސެޓެލައިޓްތައްވެސް ދުނިޔެ ވަށައި ދަތުރުކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!