އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ހޯރަފުށީ ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގައި ވޯޓުލާކަށް ނުޖެހުނެވެ.

މިދެދާއިރާގައި ވޯޓުލާން ޖެހިފައިނުވަނީ މަގާމްތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުންނެވެ.

Ad
rt

ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. ދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އަދި ސެކްރެޓަރީ އަކަށް އިބްރާހިމް ފަލާހް އެވެ. ސެކްރެޓަރީގެ ނައިބުކަމަށް އަހުމަދު އިމްރާން މުހައްމަދުގެ އިތުރުން މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ އަށް އަހުމަދު ޔާސިރު އެވެ.

ކޮމަންޑޫ ދާއިރާގެ ރައީސްކަމަށް މުހައްމަދު ޖަލާލް ވޯޓަކާއި ނުލާ އިންތިހާބްވެފައިވާއިރު ދާއިރާގެ ނައިބު ރައީސްއަކަށް ހޮވިފައިވަނީ މުޙައްމަދު ރާޝިދު އެވެ. ސެކްރެޓަރީ އަކަށް އަޙްމަދު ޝަމީމް އަދި ސެކްރެޓަރީގެ ނައިބުއަކަށް މުޙައްމަދު އިބްތިސާމް ޢަލީ އެވެ. މައުލޫމާތާއި، އިޝްތިހާރާއި އާންމު އެންގުންތަކާބެހޭ ސެކްރެޓަރީ އަކަށް މުޙައްމަދު ޞާދިޤު އެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.