އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. މިލަންދޫ ދާއިރާގެ ރައީސްކަން އަޙްމަދު ފާޒިރު ކާމިޔާބު ކުރައްވައިފި އެވެ.

ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރުގެ އިތުރުން ވާދަކުރެއްވީ އަހްމަދު ނިޔާޒު އެވެ.

Ad
rt

އަޙްމަދު ފާޒިރު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. އެއީ 462 ވޯޓެވެ. އަހްމަދު ނިޔާޒުއަށް ލިބިފައިވަނީ 94 ވޯޓެވެ.

ދާއިރާގެ ނައިބް ރައީސްކަމަށް އަޙްމަދު ޝީޔާމް އާއި ވާދަކޮށް ހޮވިފައިވަނީ ސައިފުﷲ އުސްމާން އެވެ. ސައިފުﷲ އުސްމާން ކާމިޔާބު ކޮށްފައިވަނީ 175 ގެ ތަފާތުންނެވެ.

ތަފާތު ބޮޑު ނަތީޖާއަކުން މިލަންދޫ ދާއިރާގެ ރައީސް ކަމާއި ނައިބް ރައީސްކަން އަދި އެހެނިހެން މަގާމްތައް ކާމިޔާބް ކުރެއްވި ފަރާތްތަކަށް މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ރިޒާވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި މި އިންތިހާބުގައި ގިނަގުނަ މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި ވޯޓްލާން ނިކުމެ ވޯޓްދެއްވި ދާއިރާގެ އެންމެހާ މެންބަރުނަށް އިޙްލާތެރިކަމާއި އެކު ޝުކުރު ދަންނަވާފައިވެއެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.