އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްކަން އަލީ އަބްދުލްރަހްމާން (ނާސާ އައްޔަ) ކާމިޔާބު ކުރައްވައިފި އެވެ.

ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާންގެ އިތުރުން 5 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ އަޙުމަދު އާތިފް، އަލީ ސަލީމް، އަޙްމަދު ނާޠިމް އަދި އަލީ އާރިފް އަހުލާމް ރުޝްދީ އެވެ.

Ad
rt
88 ދޯދި / ށ.ކަނޑިތީމު އަޙުމަދު އާތިފް
107 މަންޒިލް / ހދ. ނޭކުރެންދޫ އަލީ އަބްދުލްރަހްމާން
6 ކަރަންކާގެ / ހދ. ނޮޅިވަރަމް އަލީ ސަލީމް
27 ގްރީން ހައުސް، ހދ.ނޮޅިވަރަމް އަޙްމަދު ނާޠިމް
0 ހ. ސިޓްރަސް އަލީ އާރިފް
0 ނަސްރީނުގެ / ގއ. ދެއްވަދޫ އަހުލާމް ރުޝްދީ

ނޮޅިވަރަމް ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ މުހައްމަދު އަބުދުއްރަހީމް އާއި އާދަމް ޒިޔާދު އެވެ. 117 ވޯޓުން ކާމިޔާބު ކޮށްފައިވަނީ މުހައްމަދު އަބުދުއްރަހީމް އެވެ. އާދަމް ޒިޔާދުއަށް ލިބުނީ 39 ވޮޓެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.