އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ބާރަށު ދާއިރާގެ ރައީސްކަން ނަޢުޝާދު އިބްރާހިމް ކާމިޔާބު ކުރައްވައިފި އެވެ.

ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ބާރަށު ދާއިރާގެ ރައީސްކަމަށް ނަޢުޝާދު އިބްރާހިމްގެ އިތުރުން 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޝިހާމް އަބްދުލްއަޒީޒް އާދަމް އާއި މުހައްމަދު އަބްދުލް ސަލާމް އަދި ދާޢޫދު އިބްރާހިމް އެވެ.

Ad
rt

ނަޢުޝާދު އިބްރާހިމް އަށް ލިބިފައިވަނީ 273 ވޯޓްއެވެ. ޝިހާމް އަބްދުލްއަޒީޒް އާދަމްއަށް 167 ވޯޓް ލިބިފައިވާއިރު ދާޢޫދު އިބްރާހިމް އަށް ލިބިފައިވަނީ 163 ވޯޓްއެވެ. މުހައްމަދު އަބްދުލް ސަލާމް އަށް ލިބުނީ 9 ވޯޓް އެވެ.

ބާރަށު ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ނެވެ. އެހެންކަމުން ވޯޓަކާ ނުލާ ހުސައިން ވިސާލް ވަނީ އިންތިހާބުވެފަ އެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.