ރާއްޖޭގެ ރަށަތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ފެށި ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފިއެވެ.

މި ފެރީ ބަލައިފައިވަނީ މިއަދު އެމްޓީސީސީ ބޯޓުޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ލޯންޗު ފެރީ މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުފުޅު ފުއްދެވުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްލޭނިން މިނިސްޓަރު އަސްލަމް ދެއްވާ ލަފަޔަށް ވެސް އާޒިމް ޝުކުރު އަދާކުރެއްވިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިންޖީނު ކޮމިޝަންކޮށް ޓެސްޓްކުރުމަށްފަހު މި ހަފްތާގެ ތެރޭގައި ސީ ޓްރަޔަލް ފަށާނެ ކަމަށެވެ. އަދި އަމާޒަކީ ފުރަތަމަ ޒޯންގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ފެށުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިހާރު އެމްޓީސީސީން ބޭނުންކުރާ އުޅަނދު ތަކާބަލާއިރު މި ފެރީތައް ތިން ގުނަ ބާރުމިނުގައި ދަތުރުކުރާނެއެވެ. އަދި ފެރީއެއްގައި 50 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެއެވެ.

މި ފެރީތައް ފަރުމާ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައި ދަތުރުކުރެވޭ ގޮތަށެވެ.

މި ނިޒާމުފެ ދަށުން އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ހއ، ހދ، އަދި ށ އަތޮޅުގައެވެ.