އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާފައިވާ ޒައިނިޒަމްއާއި ބެހޭ ޤަރާރާއި މެދު ހިތްހަމަނުޖެހިގެން އިޒްރާލާއި، އެމެރިކާ އެ ބައްދަލުވުން ދޫކޮށް ނުކުމެއްޖެއެވެ.

އާންމު މަޖިލީހަށް ހުށަހަޅާފައިވާ ޒައިނިޒަމްއާއި ބެހޭ ޤަރާރާއި މެދު ހިތްހަމަނުޖެހިގެން އިޒްރާލާއި، އެމެރިކާ އާންމު މަޖިލީހުގެ ބައްދަލުވުން ދޫކޮށް ނިކުމެގެން ގޮސްފައިވާކަން އެސޯސިއޭޓް ޕްރެސް އޭ.ޕީ ނޫހާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވެއެވެ.

Ad
rt

އިޒްރޭލާއި، އެމެރިކާ ބުނެފައިވާގޮތުގައި ޒައިނިޒަމް ގަރާރުގެ ސަބަބުން އިންސާނީ ތަފާތުކުރުމަށް މަގުފަހިވާނެއެވެ. އަދި އިޒްރޭލަށް ފާޑުކިޔުންތައް އަމާޒުވާނެގެންދާނެ ގަރާރަކަށް މި ގަރާރުވެގެން ދާނެކަމަށް އެ ދެ ގައުމުން ބުނެފަވެއެވެ. މީގެއިތުރުން އިޒްރޭލަކީ ޔަހޫދީންގެ ރަށްވެހި ވަޒަންކަމަށާއި، ޒައިނިޒަމްއަކީ ޔަހޫދީން ދިފާޢުކުރުމަށް އުފެދިފައިވާ ޖަމާއަތެއް ކަމަށް ބުނެފަވެއެވެ.

ސައުތު އެފްރިކާގެ ދުރްބާންގައި ބުދަ ދުވަހު ކުރިއަށްދިޔަ އ.ދ ގެ 20 ވަނަ އާންމު މަޖިލީހަކީ ދުނިޔެއިން އިންސާނީ ތަފާތުކުރުންތައް ނައްތާލުމަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާފައިވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާފައިވަނީ މެދު އިރުމަތީގައި ހިނގާ ހަމަނުޖެހުމާއި އިންސާނީ އަޅުވެތިކަން ނާއްތާލުމާއި ބެހޭގޮތުންނެވެ.

އެމެރިކާގެ ޔަހޫދީންނަށް އެއްބާރުލުންދޭ ފަރާތްތަކުން ގޮވާލަނީ މިކަހަލަ ހުރިހާ ތަފާތުކުރުންތަކެއް ނައްތާލުމަށެވެ. އަދި 20 ޤައުމަކުން އިންސާނީ އަޅުވެތިކަން ދިފާޢުކޮށް މިފަދަ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނިންމާފައިވާކަމަށް އެޤައުމުތަކުން ހާމަކޮށްފައިވެއެވެ.

އިންސާނީ ތަފާތުކުރުންތަކާއި ދެކޮޅަށް އާންމު މަޖިލީހުގައި މަޝްވަރާތައް ކުރިއަށް އޮތް އޮރު، ދެން މިކަމާއި ގުޅިގެން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ، ޖޯޑަންގެ ކިންގް އަބްދުﷲ 2، އިންޑިނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އަދި ކެންޔާގެ ރައީސް އުތުރު ކެންޔައްޓާ ހިމެނެއެވެ.