އޮސްޓްރޭލިއާގެ މެލްބަން ކައިރިއަށް 6.0 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމުގައި އިމާރާތްތައް ގުޑައި އެކި ވަރުގެ ގެއްލުންތައްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ އޮސްޓްރޭލިއާއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

Ad
rt

އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ހެދުނުގެ ޕްރޮގްރާމްގެ ލައިވްގައި ބިންހެލުމުގެ އަސަރު ވިޑިއޯ ފޫޓެޖްއިން ވަނީ ފެނިފައެވެ. އަދި އެ ކޯޕަރޭޝަނުންވަނީ މިމަންޒަރު މީޑިއާއާއި ހިއްސާކޮށްފައެވެ.

ކޮންމެ 10 އަހަރަކުން 1 އަހަރު އޮސްޓްރޭލިއާއަށް ބިންހެލުން އަންނަކަމަށް ރެކޯޑްކުރެވިފައިވާއިރު، މިއީ މިހާތަނަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުންކަމަށް އޮސްޓްރޭލިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި 5 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކަމަށް ރެކޯޑްތަކުން ދައްކައެވެ.