ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު އއ. މަތިވެރި އަށް މިރޭ ވަޑައިގަތުމާއެކު، އެ ރަށުގެ މީހުން ނުކުމެ މުޒާހަރާކޮށްފިއެވެ.

މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ މީހުން ގޮވަމުން ދިޔައީ އޭނާ އެ ރަށުން ބޭލުމަށެވެ.

Ad
rt

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމާ ގުޅިގެން ޖާބިރަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން އެއިދާރާއިން ފޯރުކޮށްދެމުންދެ އެވެ.

ނަމަވެސް މަތިވެރީގެ މީހުން ދަނީ އެ ސަރަހައްދަށް ވެސް އެއްވެ އަޑު އުފުލަމުންނެވެ.

އެނގިފައިވާގޮތުގައި އެރަށު ރައްޔިތުން އޭނާއާ ދެކޮޅަށް ނިކުތީ އޭނާ އެ ރަށުން ބައްލަވައިގެންފައިވާ ބިން ތަކަކަށް ފައިސާ ނުދައްކަވާ މައްސަލައެއްގައެވެ

މަތިވެރީއަށް ޖާބިރު ވަރަށް ގިނައިން ވަޑައިގަންނަވައެވެ