ޕާމް ހޭންޑްބޯލް ޓޯރނަމަންޓް މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބްހޯދައިފި އެވެ.

މުބާރާތުގެ ފައިނަލްގައި 22 ސްޕޯރޓްސް އާއި ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް ބައްދަލުކޮށް 05-17 ކުރިހޯދައިގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 22 ސްޕޯރޓްސް ކުލަބްއެވެ.

Ad
rt

ޕާމް ހޭންޑްބޯލް ޓޯރނަމަންޓް އަކީ އާރް. ވީ. ސްޕޯރޓްސް އެކަޑެމީއިން އިންތިޒާމް ކޮށްގެން އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް -/5000 އަދި ރަނައަޕް ޓީމަށް -/2000 ގެ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަދި މެއިން ސްޕޮރސަރ ޕާމް ރެސްޓޯރަންޓް އެވެ. ކޯ ސޮޕޮންސަރ އަކީ ބީ.އެޗް.އެމް ޓްރޭޑާރސް ، މެޖިކް ހާރޑްވެއަރ ، އުގެއިލް ފައުންޑޭޝަން، އަދި ހޯރަފުށީގެ ނޮވެލް އިންސްޓިޓުއުޓް ޓެކްނޮލޮޖީއެވެ. އެޝޯޝިއޭޓް ޕާރޓްނަރ އަކީ ހޯރަފުށި ކޮމިއުނިޓީ ސެންޓަރ އެވެ. މުބާރާތުގެ ރެފްރީން އަދި ޓެކްނިކަލް އެހީތެރިކަން ދެއްވާފައިވާނީ ހޭންޑްބޯލް މޯލްޑިވްސް އިންނެވެ.

މުބާރާތުގެ ޖުމްލަ 04 ޓީމްއެއް ވާދަކޮށްފައިވެއެވެ. އެޓީމްތަކަކީ
22 ސްޕޯރޓްސް ކުލަބް
ހޯރަ 22
ހާސް ( ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް)
ހާރކް ( ހޯރަފުށި އެއަރޕޯރޓް ރެކްރިއޭޝަން ކްލަބް)

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ ޗެކްހަވާލް ކޮށްދެއްވީ މުބާރާތުގެ ސަރަފްވެރި މެޙްމާން ހޯރަފުށި ކައުންސިލް ރައީސް މުޙައަމަދު ވަހީދު އެވެ. އަދި ރަނައަޕް ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ ޗެކްހަވާލް ކޮށްދެއްވީ އެފް.ސީ ފްރިގޭޓަރ މުއައްޝިޝް ހުސައިން ހަސަންއެވެ.
މުބާރާތުގެ ޓޮޕް ސްކޯރރަރ އަށް ހޮވިފައިވަނީ : 22 ސްޕޯރޓްސް ކުލަބްގެ އައިސަތު އިބާދާއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ: 22 ސްޕޯރޓްސް ކުލަބްގެ ޝައިހާ އަޙްމަދު މުބާރާތުގެ އެއްމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ: 22 ސްޕޯރޓްސް ކުލަބްގެ ފަތުހުއްﷲ އަލީ އެވެ.

މުބާރާތުގެ އެއްމެ މޮޅު 07 ކުޅުންތެރިންނަށް ހޮވިފައިވަނީ
އައިސަތު އިބާދާ ( 22 ސްޕޯރޓްސް ކުލަބް)
ސިއުނާ މުޙައްމަދު ( 22 ސްޕޯރޓްސް ކުލަބް)
ސީޒާ ހަސަން ( 22 ސްޕޯރޓްސް ކުލަބް)
އައިސަތު ހަނީފާ (ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް)
ސިފްލާ ހުސައިން (ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް)
ސޮބީހާ ހާލިދް (ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް)
އައިސަތު ނޫރާ އަލީ ( ހޯރަފުށި އެއަރޕޯރޓް ރެކްރިއޭޝަން ކްލަބް)

ފޮޓޯ: ޕާމް ހޭންޑްބޯލް ޓޯރނަމަންޓް މުބާރާތުގެ ފައިނަލް

https://thiladhun.wonstasite.com/gallery/73463

އާރް. ވީ. ސްޕޯރޓްސް އެކަޑަމީގެ ރައީސް ހާމިދު އާދަމް މައުލޫމާތު ދެއްވާގޮތުގައި 2022 ވަނަ އަހަރު ސެޕްޓެމްބަރ މަހު މިމުބާރާތުގެ އިނާމް ތަކަށް ވުރެ ބޮޑުކޮށް އިނާމްތައް ކަޑައެޅި އަންހެން ކަބަލުންނަށް ހާއްސަ ކޮށްގެން ހޭންޑްބޯލް މުބާރާތް އޮންނާނެކަމަށެވެ.