މަޝްޚޫރު ބޮކްސިން ކުޅުންތެރިޔާ މެނީ ޕަކުއިއާއޯ، އަންނަ އަހަރު އޮންނަ ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް އިޢުލާންކޮށްފި އެވެ.

މެނީ މިހާރު ހުންނެވީ ފިލިޕީންސްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ. ރައީސްކަމަށް ކުރިމަތިލުމަށް ނިންމާ އެކަން އިޢުލާންކޮށް ވާހަކަދައްކަވަމުން މެނީ ބުނެފައިވަނީ، މިހާރުގެ ރައީސް ރޮޑްރިގޯ ޑުއެޓެރްޓޭސްގެ ސަރުކާރަކީ ޗައިނާއާއި މާ ގާތްގުޅުމެއް އޮންނަ ބޭފުޅެއްކަމަށާއި އޭނާގެ ސަރުކާރުވަނީ ކޮރަޕްޓްވެފައިކަމަށެވެ.

Ad
rt

ފިލިޕީންސްގެ ވެރިކަން ކުރާ ޕީ.ޑީ.ޕީ ލަބާން ޕާޓީ ދެބައިވެ، އެއް ފެކްޝަނުން ވަނީ މެނީ ރައީސްކަމަށް އިންތިޚާބުކުރުމަށް ނިންމާފައެވެ. ނަމަވެސް މިހާރުގެ ރައީސް ރޮޑްރިގޯގެ ފެކްޝަނުން ބުނަމުން އަންނަނީ އޭނާގެ އަންހެން ދަރިފުޅު ސާރާއަށް ޓިކެޓްދިނުމަށެވެ.

މެނީ ފާހަގަކޮށްލެވެނީ ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލައި ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައިކަމަށާއި، އޭނާ މަޝްޚޫރު ބޭފުޅެއް ނަމަވެސް ސާރާއާއި މެނީގެ ވާދަވެރިކަން ބޮޑުކަމަސް ސިޔާސީ މާހިރުން އަންނަނީ ފާހަގަކުރަމުންނެވެ.

2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމުންގެ ތަރުޙީބު ލިބޭނީ ޕީ.ޑީ.ޕީ ލަބާން ޕާޓީ ކޮން ފެކްޝާނަކާއި މެދުކަން ކުރެވެމުން އަންނަ ސުވާލުތަކުގެ ޖަވާބު އިލެކްޓްރޯނިކް ވޯޓިންގ ކޮމިޝަނުން ފެންނާނެކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ބޮކްސިންގެ ދާއިރާއިން މެނީ ވަނީ ދުނިޔޭގެ ފެންވަރުގެ 8 ވަނައެއް ހޯދާފަ އެވެ.