އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނެއްލައިދޫ ބޯޅަދަނޑުގެ ވަށާފާރު ނަގައިދެނީ

20210919_141504

ހދ. ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ހުރި ބާވެ، ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން މި މަސައްކަތް ކޮށްދެނީ އަމިއްލަ ހަރަދުގައި، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

އެމްޓީސީސީ އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން އަންނަނީ ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށްދީ ލެވެލް ކުރުމުގެ މަސައްކަތް ކޮށްދެމުންނެވެ.

 

މީގެ އިތުރުން ލ. މުންޑޫގައި ސުނާމީގައި ވެއްޓުނު ގެތަކާއި ގާތަށް ނަގައި ސާފުކޮށްދީފައިވާ އިރު، ދާންދޫގައި އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ލަވެލްކޮށްދީ ސާފުކޮށްދިނުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *