މުލިއާގެ ކުރިމަތީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
މި މާރާމާރީ ހިންގާފައި ވަނީ މިރޭ 19:59 ހާއިރު މުލިއާގެ ކައިރީގައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ. މިމީހާއަށް ފަރުވާދިނުމަށްވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ.
މަންޒަރުދުން ފަރާތަކުން މިނޫހަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ސައިކަލުގައި ދުއްވާފައިދިޔަ މީހަކަށް ކަމަށެވެ. ހަމަލާ ދިނުމާއި އެކު އެމީހާވަނީ މަގުމައްޗަށް ވެއްޓިފަ އެވެ. އެވަގުތު މުލިއާގޭގައި ޑިއުޓީއަށްތިބި ސިފައިންނާއި އެސަރަހައްދަށް އައި ފުލުހުންވަނީ އެމީހާކައިރީ ހަރަކާތްތެރިވެފައެވެ.
އެސަރަހައްދުގައި ހުރި މީހަކު އިތުރަށް ބުނީ ހަމަލާ ދީފައިވަނީ އެމީހާ މަގުމައްޗަށް ވައްޓާލައިގެން ކަމަށެވެ. އެނާ ދުއްދި ސައިކަލު ހުރީ މަގު މެދުގަ އެވެ. ހޮސްޕިޓަލަށް އެމީހާ ގެންގޮސްފައިވަނީ ފުލުހުންގެ ކާރެއްގަ އެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!