ތ. ހިރިލަންދޫގައި މިއަދުވެސް އެރަށު ސްކޫލް ބެލެނިވެރިން ނިކުމެ ސްކޫލް ދޮރުމަތީގައި މުޒާހަރާކުރަމުން އެބަދެއެވެ.
ސްކޫލަށް ކުދިން ނުފޮނުވާ ބެލެނިވެރިން ނިކުމެ މުޒާހިރާކުރަމުން އަންނަނީ ވާރޭ ވެހޭ ދުވަސް ދުވަހު ސްކޫލްގެ ކްލާސް ރޫމްތަކަށް ފެން ވަދެ ނުކިޔެވޭވަރަށް ކްލާސްރޫމްގެ ހާލަތު ގޯސްވާ މައްސަލައާއި ގުޅިގެންނެވެ.
ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް މިހާތަނަށް އެއްވެސް ހައްލެއް ސްކޫލުން ހޯދައިދެވިފައި ނުވާތީ މިއަދު ސްކޫލަށް އެއްވެސް ކުއްޖަކު ފޮނުވައިފައިނުވާކަން ބެލެނިވެރިން މަޢުލޫމާތުދީފައިވެއެވެ. އަދި އިންޓަވަލް ފަހުން ސްކޫލަށް ވަނުމަށް ދިޔަ ޓީޗަރުންނަށް ހުރަސްއަޅައި އެމީހުން ވެސް ސްކޫލަށް ވަނަ ނުދީ ވަނީ ހިފަހައްޓާފައެވެ.
މިކަމާއި ގުޅިގެން އެސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތަރިވަމުންނެވެ.

މޫސުން ގޯސްވެ ވާރޭ ވެހޭ ދުވަސްދުވަހު ސްކޫލްގެ ކްލާސްރޫމްތަކަށް ފެންވަދެ މޭޒުތަކަށް ފެނުގެ އަސަރުކުރުމާއި ގުޅިގެން ކުދިންނަށް ކިޔެވުމަށް ދަތިތަކާއި ކުރިމަތިވާއިރު، މިކަން ހައްލު ކުރުމަށް ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ލަފާދެއްވާފައެވެ. ނަމަވެސް ސްކޫލްގައި އެވަރުގެ ޤާބިލްކަމެއް ނެތްކަމަށް މަޢުލޫމާތުލިބެއެވެ. އަދި މިކަންތައްތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނސްޓްރީއިން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ބުނެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހިރިލަންދޫ ސްކޫލަށް ކުދިން ނުފޮނުވާ ބެލެނިވެރިން މިއަދު ވެސް އިހުތިޖާޖުގައިhttps://t.co/UvgOWTJWT2 pic.twitter.com/eH88PcCipe
— Thiladhun (@thiladhun) September 16, 2021
ހިރިލަންދޫ ސްކޫލްގައި 40 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ އިރު ސްކޫލްގެ ކިޔަވައިދުނުމަށް ބޭނުންކުރާ ކްލާސްރޫމްތައް މަދުކަމަށް ބެލެބިވެރިން ފާހަގަކުރެއެވެ. ސްކޫލް ހޯލްގައި 4 ކްލާސްރޫމް ހިންގަމުން އަންނަ އިރު، ގްރޭޑް 10 އަކަށް ކްލާސްރޫމްއެއް ނެތް އިރު، އެކްލާސް ނަގައިދެނީ ސްކޫލްގެ ލައިބްރަރީގައި ކަމަށް ބެލެނިވެރިން ހާމަކޮށްފައިވެއެވެ.
މިއަދުގެ މުޒާހިރާގައި ފިރިހެން ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައިވާއިރު، އިއްޔެ އަންހެން ބެލެނިވެރިން ވަނީ އިންޓަވަލް ފަހުން ކުދިން ސްކޫލަށް ނުފޮނުވާ ސްކޫލްގައި ތަޅު އަޅުވާފައެވެ.
މިކަމާއިގުޅޭ ގޮތުން ރަސްމީ އިދާރާއެއްގެ ބަހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!