އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ބައްތިރީސް" ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗި ހިޓާޗީ ޓީވީ އެންމެ 2،999 ރުފިޔާއަށް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15ގައެވެ.
މި ޓީވީ އަކީ އަޑު ސާފުވެފައި ކުލަތައް އެހާމެ ޗާލު ޓީވީއެކެވެ. މީގެ އިތުރުން ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް މި ޓީވީން ބޭނުންކުރެވޭނެއެވެ.
އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެކި ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!