ހިރިލަންދޫ ސްކޫލް ބެލެނިވެރިން އިހްތިޖާޖު ކުރަނީ

photo_2021-09-15_10-35-02

ތ. ހިރިލަންދޫގައި ބެލެނިވެރިން ނިކުމެ އެރަށުގެ ސްކޫލްގައި އަޅުއަޅުވައި، ސްކޫލް ދޮށުގައި އިޙްތިޖާޖް ކުރަމުންއެބަދެވެ.

ބެލެނިވެރިން އިޙްތިޖާޖް ކުރަމުން ދަނީ ބޯކޮށް ވާރޭ ވެހި ސްކޫލްގައި ނުކިޔެވޭވަރަށް ކްލާސްރޫމްތަކަށް ފެން ވަދެފައިވާއިރުވެސް ސްކޫލްއިން ކިޔެވުން ކުރިއަށްގެންދިއުމާއި ގުޅިގެންނެވެ. ނަމަވެސް ބެލެނިވެރިންގެ އިޙްތިޖާޖާއި ގުޅިގެން އިންޓަވަލް ފަހު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލައި، ސްކޫލްގައި ތަޅު އަޅުވާފައެވެ.

މިއީ ވިއްސާރަވާ ކޮންމެ ދުވަހަކު ހިރިލަންދޫ ސްކޫލްގެ ހާލުކަމަށާއި، ސްކޫލްގެ ފެންވަރު ރަގަޅުކުރުމަށް މިހާތަނަށް އެޑިއުކޭޝަނުން އެއްވެސް ކަހަލަ މަސައްކަތެއް ކޮށްފައިނުވާތީ ބެލެނިވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

50 އަށްވުރެ ގިނަ ބެލެނިވެރިން ނިކުމެ ހިރިލަންދޫ ސްކޫލްގައި ތަޅުއަޅުވާ އިޙްތިޖާޖްކުރަމުން އަންނައިރު، މިކަމާއި މެދު އަދި ސްކޫލްއިން އެއްވެސް އިސްބޭފުޅަކު ބެލެނިވެރިންނާއި ވާހަކަ ދައްކާފައިނުވާކަމަށް ބެލެނިވެރިއަކު ވަނީ ތިލަދުންނަށް މަޢުލޫމާތުދީފައެވެ.

ނަމަވެސް މިހާރު ސްކޫލްގެ ތަޅު ހުޅުވުމަށް ފުލުހުން މަސައްކަތް ކުރަމުންއަންނަ ކަމަށާއި، އެކަމަކު ތަޅު ހުޅުވުމަށް ބެލެނިވެރިން ފުލުހުންނަށް ހުރަސް އަޅަމުން އަންނަކަމަށް ބެލެނިވެރިއަކު މައުލޫމާތު ދެއެވެ.

 

ސްކޫލް ހޯލުގައި 4 ކްލާސްރޫމް ހިންގަމުން އަންނައިރު، އެތަނަށް ފެން ވަދެ ކުދިންނަށް ކިޔެވުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށްވެސް ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ. ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުން އަންނަ ހިރިލަންދޫ ސްކޫލްގައި ކްލާސްރޫމްގެ އަދަދު މަދުކަން ފާހަގަކޮށް، ގްރޭޑް 10ގެ ކްލާސް ހިންގަނީ ސްކޫލްގެ ލައިބްރަރީގައިކަމަށް ބެލެނިވެރިއަކު ވަނީ މަޢުލޫމާތުދެއްވާފައެވެ.

ވާރޭ ވެހޭ ދުވަސްދުވަހު ސްކޫލްގެ ހާލަތު މިހެންހުރިއިރު، މިކަން ރަގަޅު ކުރުމަށް އެދެވޭ މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާކަމަށް ބެލެނިވެރިން ފާހަގަކޮށްފަވެއެވެ.


އަދި ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަނުން ލަފާދެއްވާފައިވާއިރު، މިކަން ކުރުމުގެ ޤާބިލްކަންވެސް ސްކޫލްގައި ނެތްކަމަށް ބެލެނިވެރިން އަންނަނީ ފާހަގަކުރަމުންނެވެ.

މިވަގުތު ސްކޫލް ތެރޭގައި ހަރަކާތްތެރިވަމުން އަންނަނީ ސްކޫލްގައި މިވަގުތު މަސައްކަތްކުރާ ލީޑިންގ ޓީޗަރުގެ އިތުރުން އެޑްމިންގެ ސްޓާފެއް އެކަނިކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މިކަމާބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން އަދި ރަސްމީ ބަހެއް ހާމަކުރައްވާފައެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. މީ ހަރުކަށި ފިކުރުގެ މަދު ބަގަކު ކޮއްގެން އިޅޭކަމެއްކަމަށް އެރަށުން ވާހަކަދެއްކި މީހަކުބުނި. ސްކޫލު ކަންތައް ގޯހުން ގޯހަށް ދާން ފެށީ އަޙުމަދު މަނިކު ކިޔާ ހަރުކަށި ފިކުރުގެ ޓީޗަރަކު އެ ސްކޫލަށް ވަދެ އޭނާގެ ނުފޫޒު ހިގަން ފެށިފަހުންކަމަށް އެމީހާބުނި.މިކަހަލަ ހަރުކަށި ފިކުރުގެ މީހުން ވަކިކޮއްގެން ނޫނީ ކަންކަން ރަނގަޅަކަށް ނުދާނެ

ހިޔާލު ދެއްވާ!

Your email address will not be published.