އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރާ 150ށް ވުރެ ގިނަ ކެންޑިޑޭޓުން ވޯޓަކާ ނުލައި ހޮވިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން އާންމުކުރި ލިސްޓުގައި ވަނީ ހޮވިފައިވާ ކެންޑިޑޭޓުން އާންމުކޮށްފައެވެ. އެގޮތުން އިންތިހާބުގައި 826 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރެއިން 150ށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ހޮވިފައެވެ.

Ad
rt

މިގޮތަށް އެ ކެނޑިޑޭޓުން ހޮވިފައިވަނީ އެ ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މި މަހުގެ 25 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު މި އިންތިޚާބުގައި ވޯޓުލާނީ ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށެވެ.

އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިޚާބުގައި ހޮވާނެއެވެ.