ވުލްފްފިޝް ނަމަކަށް ކިޔާ މިމަސް ބިރުވެރި ސިފައެއްޖެހި ނަމަވެސް މިއީ އިންސާނުންނާއި ރަށްޓެހި މަހެއްކަމަށް ޑައިވަރުން ބުނެއެވެ.

އާންމުކޮށް ހުޅަނގާއި އިރުމަތީ ކަނޑުގެ ސަރަޚައްދުތަކުގެ އަޑީން ފެންނަ ބިރުވެރި ސިފައެއް ޖަހާ މިމަހާއި ގަޔާވެ ރުހޭނީ ހަމައެކަނި އޭތީގެ މަންމަ ކަމަށްވެސް ބުނެއުޅެއެވެ.

Ad
rt

އާންމުކޮށް ކަނޑުގެ 2000 ފޫޓް އަޑިން ފެންނަ މިމަހަކީ ހޮރު ކޮނެގެން އަޑީގައި ދިރިއުޅޭ މަހެކެވެ. ނަމަވެސް އެހާ އަޑީގައި އެހާ ފިނީގައި ގަނޑުނުވެ އުޅުމުގެ ޤާބިލްކަން މިމަހަށް ލިބިގެންވެއެވެ. ކަނޑުގެ އަޑީގެ ފިނި މިނަކީ 1 ކާއި 11 ޑިގްރީއާއި ދޭތެރޭގެ ފިނިމިނެކެވެ.

މިމަސް އިންސާނުންނާއި ރަށްޓެހި މަހަކަށްވުމުން ގިނަ ޑައިވަރުން މިމަސް ފެނޭތޯ ބަލާކަމަށް ޑައިވަރުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އެޓްލާންޓިކް ވުލްފިޝް ނަމަކަށް ކިޔާ މިމަސް، ހިޔަޅަކާއި ވައްތަރުވާ ހަމައެކަނި ސިފައަކީ، އޭގެ އަނގަމައްޗާއި ދަތްތަކުގެ ސަބަބުންނެވެ.

އޭގެ ދަތްތައް ހުންނަ ގޮތުން އޭގެ ކާނާ ފަޅިކޮށް ހަރު އެއްޗިސް ފަޅާ ކެއުމަށް ފަސޭހަކަން ލިބެއެވެ.
އެގޮތުން އޭގެ ދަތްތައް އެކުލެވިގެންވާ ގޮތުން ކަނޑުގެ އަޑީ ފަށަލަ ނުވަތަ ކަނޑުގެ އަޑީގައި ހުންނަ ގާ ފެޅުމަށާއި ކަކުނި ފަދަ ހަރު އެއްޗެހި ފަޅައިގެން އޭގެ ކާނާ ޝިކާރަކުރަން ފަސޭހަވެއެވެ.

އަދި އޭތީގެ ދަތްތަކަކީ ފާޅުކަން ބޮޑު އަދި ބައެއް އެއްޗެހީގެ ދަތްތައް ބޭރަށް ނުކުމެފައި ހުރުމުން އެމަހަކީ ބިރުވެރި އަދި އެހާމެ މަޖާ ވައްތަރެއް ޖަހާ އެއްޗެއްކަމަށް ބައެއް މީހުން ސިފަކުރެއެވެ.

އޭގެ ދަތުގެ އިތުރުން މިމަހުގެ ފާހަގަކުރެވޭ އިތުރު ސިފައަކީ މިމަހުގެ ހަށިގަނޑު ވެނުގެ ހަށިގަނޑު ހުންނަ ގޮތަށް ހުރުމެވެ.

މިމަސް ދަރިމައިވާ ގޮތަށް ބަލާއިރު، ފިރިހެން މަސް އޭގެ ބިސް ވިހަން ދެކަށް ބަލަހައްޓާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.