ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލް ބޭފުޅަކު އައްޔަންކޮށްފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިނިސްޓަރ އަބްދުﷲ ޝާހިދު ހުންނަވާ ދައުރުގައި، އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޮނިކާ ގްރޭލީއެވެ.

Ad
rt

މޮނިކާއަކީ މިވަގުތު ޔޫ.އެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ކުރައްވާފައެވެ.

މި މަގާމާ ހަވާލުވުމަށް ފަހު މޮނިކާ ވަނީ ކޮވިޑް-19ގެ ހާލަތުން ދުނިޔެ އަރައިގަތުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެ ޝާހިދު ދެއްކެވި ވާހަކައަށް ތައުރީފު ކުރައްވައިފަ އެވެ.

އެކަމަނާ ވިދާޅުވީ ދުނިޔެ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، މިފަދަ ވަގުތެއްގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ޝާހިދުގެ ލީޑަރޝިޕްގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައިޕީޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޝާހިދު މިއަދު ވަނީ އެނބުރި ނިއު ޔޯކަށް ވަޑައިގެންފަ އެވެ.

ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިނާކްޝީ ލޭކީ އާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ރަސްމީކޮށް އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 14 ވާ އަންގާރަ ދުވަހު އެވެ.