މެކްސިކޯގެ ދެކުނުގެ ސަރަހައްދަށް ބާރުގަދަ މިބިންހެލުމެއް އައިސް އިމާރާތްތައް ގުޑައި އެސަރަހައްދުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެއްޖެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ބިންހެލުމާއި ގުޅިގެން އެކަކު ވަނީ މަރުވެފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި، 7.4 މެގްނިޓިއުޑްގެ ބާރު ގަދަ މި ބިންހެލުން އައިސްފައިވަނީ މެކްސިކޯ ކައިރީގައި އޮންނަ އަކަޕުލްކޯ ސިޓީއާއި 11 މޭލު ކައިރިން ކަމަށެވެ.
މި ބިންހެލުމުގައި ފަރުބަދަތައް ހިމެނޭ ސަރަހައްދުން ބައެއް ހިލަ ގަނޑުގަނޑު ހައިވޭތަކަށް ވެއްޓި، ބައެއް ގަސްތައްވެސް ވެއްޓިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އަދި ބިންހެލުމުގެ އަސަރުކޮށްފައިވާ ބައެއް ސިޓީތަކުން ކަރަންޓްގެ ޙިދުމަތްވަނީ ކެނޑިފައެވެ.
މި ބިންހެލުމާއި ގުޅިގެން ޕަބްލިކް ހޮސްޕިޓަލަކަށާއި، ކެފޭއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!