އާންމު އެކި ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތައް އެހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

މިއަދު އެހޮސްޕިޓަލުން ނެރުނު މީޑިޔާ ބްރީފިންގއެއްގައި ބުނެފައިވަނީ،އާންމު ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް ހޮސްޕިޓަލަށް ނިސްބަތްކޮށް، ސޯޝަލް މީޑިޔާ އަދި އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކައަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާކޮށް ދެކެވެމުންދާ ވާހަކައެއް ނޫންކަމާއި އަދި އެ ވާހަކަތަކަކީ އަސްލާއި
ހިލާފު ދޮގު ވާހަކަތަކެއްކަން އެ ހޮސްޕިޓަލުން ކަށަވަރު ކޮށްދޭ ކަމަށެވެ.

Ad
rt

ފަހުގެ ތާރީހެއްގައި އެހޮސްޕިޓަލުގައި ފޮރިން ބޮޑީ ރިމޫވަލްގެ ސާރޖަރީއެއް ކުރިޔަށް ގެންދެވިފައި ނުވާނެކަމަށް ވެސް އެހޮސްޕިޓަލުން ބުނެފައި ވެއެވެ. އަދި ބަލިމީހުންގެ ތަފްސީލީ ސިއްހީ އަދި ޒާތީ މައުލޫމާތު، ސިއްހީ ފަރުވާ ދޭ ފަރާތެއްގެ ހައިސިއްޔަތުން ހިއްސާ ކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ވީހިނދު، މި ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ މައުލޫމާތު އާންމު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް ބުންޏެވެ.

“އާންމު ފަރުދުންނާއި ބެހޭގޮތުން ދައްކަމުން ގެންދާ މިފަދަ އަސްލާއި ހިލާފު
ވާހަކަތައް މި ހޮސްޕިޓަލުގެ ފަރާތުން ކުށްވެރި ކުރަން”

އެހޮސްޕިޓަލުން ބުނެފައިވެއެވެ.

ރައްޔިތުން އަރިހުން އެދެނީ، މީސް މީޑިޔާ އަދި އެހެނިހެން ގޮތަކުން ވެސް ތިމާ ފޯރުކޮށްދޭ މައުލޫމާތަކީ ރައްކާތެރި ތެދު މައުލޫމާތުކަން ކަށަވަރު ކުރުންކަމަށާއި އަދި މި ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން އަނެކާއަށް ދިމާވެދާނެ ގެއްލުމާއި
އުނދަގޫތަކަށް ވިސްނާ، އެފަދަ ކަންކަމުން އެކަހެރިވުމަށް އިލްތިމާސް ކުރާކަމަށް ބުނެފައިވެއެވެ.