މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރުވެއްޖެއެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓާލީ ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.
މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވް ހުރި ވަރަށް ވުރެ އަށް އިންސައްތަ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ.
އެމްއެމްއޭއިން ބުނިގޮތިގައި ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުރުވީ ސަރުކާރުން މި އަހަރު ވިއްކި ސުކޫކާއި އިންޑިއާގެ ރިޒާވް ބޭންކުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!