ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވަމުން އަންނަ އިރު ފޮތި މާސް ބޭނުންކޮށްގެން ވައިރަހުން އެދެވޭ ގޮތެއްގައި ރައްކާތެރިކަން ނުލިބޭކަމަށް ބުނެ ޔޫރަޕުގެ ބައެއް ޤައުމުތަކުން ފޮތި މާސްކު ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމައިފިއެވެ.

އެޤައުމުތަކުން ބުނެފައިވާ ގޮތުގައި މެޑިކަލް މާކްސްއާއި އެއް ފަދައިން ފޮތި މާސްކު އިން އިންސާނާއަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބޭކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު އަލަށް ފެންނަމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑުވަޅުގައި ޔޫރަޕްގެ ޤައުމުތަކެކޭ އެއްފަދައިން އެމެރިކާއިންވެސް މިގޮތަށް އަމަލުކުރުމަށް ނިންމާފައިވާކަމަށް އެޤައުމުންވެސް ވަނީ ހާމަކޮށްފައެވެ.

Ad
rt

އެއަރލައިންތަކުން ހާމަކޮށްފައިވާ ގޮތުގައި އެ އެއަރލައިންތަކުގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ބޭނުން ކުރެވޭނީ ސަރޖިކަލް މާސްކް ނުވަތަ އެން.ނައިޓީ ފައިވް މާސްކުކަމަށެވެ.

ބައެއް އެއަރލައިންތަކުން މިކަމާއި ގުޅިގެން ސްޓޭޓްމަންޓްތައް ނެރެފައިވާއިރު ފިން އެއަރއިން ވެސް ވަނީ އެކަމާއި ބެހޭ ގޮތުގައި ސްޓޭޓްމަންޓްއެއް ނެރެފައެވެ. އެއަރލައިންއިން ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނެފައިވާ ގޮތުގައި ފޮތި މާސްކު އިން އެކަށީގެންވާ މިންވަރަށް ވައިރަސްއިން ދިފާއުވުމަށް ރައްކާތެރިކަން ނުލިބޭކަމަށް ބުނެފައިވެއެވެ. އަދި އެއަރލައިންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ފޮތި މާސްކު ބޭނުން ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.

2021 ވަނަ އަހަރު ފެށުމާއި އެކު ޔޫރަޕުން ވަނީ އެން.ނައިޓީ.ފައިވް ނުވަތަ ސާރޖިކަލް މާސްކް އެކަނި ބޭނުންކުރުމަށް ޔޫރަޕުގެ ހުރިހާ ޤައުމުތަކަށް އަންގާފައެވެ.

ޖަރުމަނުވިލާތް އަދި އޮސްޓްރިއާއިން ވަނީ މެޑިކަލް މާސްކް ބޭނުންކުރުމަށް އެޤައުމުތަކުގެ މީހުންނަށް އަންގާފައެވެ. އެގޮތުން ޕަބްލިކް ޓްރާންސްޕޯޓްތަކުގައާއި ފިހާރަތަކުގައި އަދި ވަޒީފާގެ މާހައުލުގައިވެސް މާސްކު ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޯވިޑް 19 އަކީ ކުޅު، ކެއްސުމުން، ހިނބިހި އެޅުމުން އަދި ވާހަކަ ދައްކާއިރުވެސް ވައިރަސް އެކަކު ގައިން އަނެކަކުގެ ގަޔަށް އެރުމުގެ ފުރުސަތު ބޮޑު ވައިރަސްއަކަށްވާއިރު، އެން.ނައިންޓީ ފައިވް މާސްކުއިން ވައިރަސްއިން ދިފާއުވުމަށް 95 އިންސައްތަ އޮންނައިރު ސަރޖިކަލް މާކްސުއިން ދެނީ 71 އިންސައްތަ ޗާންސްއެކެވެ. ނަމަވެސް ފޮތި މާސްކްއިން ވައިރަހުން ސަލާމްތަވުމަށް އޮންނަނީ 26 އިންސައްތަކަމަށް ޑޮކްޓަރުން ހާމަކޮށްފައިވެއެވެ.
ނަމަވެސް މީހުންގެ މެދުގައި ފޮތި މާސްކުއަށް އޮންނަ ޑިމާންޑް ބޮޑުވެ ބޮޑެތި ބްރޭންޑަޑް ކުންފުނިތަކުންވެސް ފޮތި މާސްކު އުފައްދަމުން އަންނަ ކަމަށް ރިޕޯޓްތައްބުނެއެވެ.