ހއ. ބާރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
ފެނަކައިން އެ ރަަށް މި ޖަނަރޭޓަރު ގެންދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ޖަނަރޭޓަރާއެކު މެދުކެނޑުމެއްނެތި އެ ރަށުުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބާރަށުގައި 1215 މީހުންގެ އާބާދީއެއް އޮންނައިރު މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރުހާ ގެއަކަށް ކަރަންޓ ފޯރުކޮށްދޭ ކެޕޭސިޓިއެއް ނުހުރެއެވެ. އެހެންކަމުން ކަރަންޓު ކެނޑުން ފަދަ ކަންކަން އާއްމުކޮށް ދިމާވެއެވެ.
ހއ.ބާރަށު ބްރާންޗްގެ ކަރަންޓް ކެޕޭސިޓީ
އިތުރު ކުރުމަށްޓަކައި މުޅިން އަލަށް ގެނެވުނު 448KW ޖެންސެޓް ބާރަށު ބްރާންޗަށް ގެނައުމުގެ ތެރެއިން.
މި 3 އަހަރު ތެރޭގައި ބާރަށަށް ވަނީި މުޅިން އަލަށް 3 ގެންސެޓް ގެނެވިފަ.#ޓީމްފެނަކަ pic.twitter.com/LlTNm48oUk— ހއ. ފެނަކަ (@FNKHaaAlif) September 3, 2021
އެ ރަށުގެ ފެނަކަ ބްރާންޗުން ބުނީ މިހާރު ކުރިއަށްދަނީ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށާއި ކަރަންޓު ދޭން ފެށުމާއެކު އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
ފެނަކައިން އަންނަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ބައެއް ރަށްތަކަށް އާ ޖަނަރޭޓަރު ވަނީ ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!