މެރިއެޓް އިންޓަނޭޝަނަލްގެ ކުޑައިގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ލެ މެރީޑިއަން ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ތަރައްގީ ކުރި ލެ މެރީޑިއަން މޯލްޑިވްސް ހުޅުވައިފިއެވެ.
މި ރިސޯޓު ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ޅ. ތިލަމާފުށީގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 35 މިނެޓު ތެރޭގައި ސީ ޕްލޭނުގައި މި ރިސޯޓަށް ދެވޭނެއެވެ.
މިއީ މެރިއެޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ.
މިއީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލު މަންޒިލެއްގައި ޗުއްޓި ހޭދަ ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވި ރިސޯޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ލެ މެރީޑިއަން ރިސޯޓުގައި 141 ވިލާ ހުންނައިރު މީގެ ތެރޭގައި ވޯޓާ ވިލާ އާއި ބީޗް ވިލާތައް ހިމެނެއެވެ. އަދި ދެ އިންފިނިޓީ ޕޫލާއި ލެ މެރީޑިއަންގެ ސްޕާ އެއް ވެސް މި ރިސޯޓުގައި ހުންނާނެއެވެ.
މި ރިސޯޓުގައި ތަފާތު ބާވަތްތަކުގެ ކެއުމަށް ހާއްސަ ހަ ރެސްޓޯރެންޓާއި ބާ ވެސް ހުންނާނެވެ. މީގެ ތެރޭގައި ޖަޕާނުގެ ކެއުންތަކާއި އެ ގައމުގެ ސަގާފަތް ދައްކުވައިދޭ "ޓަބެމަސޫ" ރެސްޓޯރެންޓު ހިމެނެއެވެ.
މީގެ އިތުރުން މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ.
މީގެ ތެރޭގައި ސްނޯކްލިން އާއި އެ ރިސޯޓާ ކައިރީ އޮންނަ ފިނޮޅަށް ޒިޔާރަތް ކުރުމާއި ކަނޑޫފާތަކަށް ޒިޔާރަތް ކުރުން ހިމެނެއެވެ. ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ވެސް މި ރިސޯޓުގައި ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!