ހދ. ނޮޅިވަރަމުން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފިއެވެ.

ނޮޅިވަރަމުން މިމަހުގެ 1 ވަނަ ދުވަހު ވަނީ ރެންޑަމް 11 ސާމްޕަލަކާއި، 17 ފްލޫ ސާމްޕަލަކާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 50 މީހެއްގެ ސާމްޕަލް ނަގާފައެވެ.

Ad
rt

މީގެތެރެއިން ފްލޫ ސާމްޕަލަކާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ނެގި ސާމްޕަލްތަކުން 20 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.

އެރަށުން މިހާތަނަށް 278 ސާމްޕަލް ނެގިފާވާއިރު އޭގެތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު މިވަނީ 84 އަކަށް އަރާފައެވެ. އަދި އެއްވެސް ފަރާތެއް މި ބަލިން ރަނގަޅުވެފައެއް ނުވެއެވެ.

އޯގަސްޓް 28 ވަނަ ދުވަހު ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިން އަށް ގެނެސްފައެވެ.

ނޮޅިވަރަމުން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި އަވަށްޓެރި ނޮޅިވަރަންފަރު މީހެއް ވެސް ޕޮޒިޓިވްވުމުން އެޗްޕީއޭއިން ހުސްވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ނޮޅިވަރަންފަރުވެސް މޮނިޓަރިންނަށް ލާފައެވެ. އެއީ އެރަށުން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.