ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން ނުވަ ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުން ރަޖިސްޓްރީވާން ސްޓެލްކޯއިން އެދިއްޖެއެވެ.

އެ ކުންފުނިން މިއަދު ބުނީ އެ ޓަވަރުން ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ސްޓެލްކޯ ހިދުމަތް ފޯމުގައި ސޮއި ނުކުރާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް މާދަމާ އެފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ސްޓެލްކޯ ހިދުމަތް ފޯމުގައި ސޮއި ކުރުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00ން މެންދުރު 12:00އާ ދެމެދު ހުޅުމާލެ ހުރަވީ ސުކޫލުގެ ހޯލުގައި ބަހައްޓާފައިވާސްޓެލްކޯގެ މޭޒުގައެވެ.

އެޗްޑީސީގެ އެންގުމާއެކު ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ކޮމިޝަން ކޮށް ނިމެންދެން ސްޓެލްކޯއިން ވަނީ ޓަވަރުތަކަަށް ކަރަންޓު ދިނުން މެދުކަނޑާލައިފައެވެ. ނަމަވެސްކުރިން ދީފައިވާ ޓަވަރުތަކަށް މިހާރު ވެސް ކަރަންޓު ލިބޭނެއެވެ.

ހިޔާ ފްލެޓުތައް ލިބުނު ބައެއް މީހުން މިހާރު ވަނީ އެ ތަނުގެ ފިނިޝިންގެ މަސައްކަތް ވެސް ފަށައިފައެވެ.