ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 224 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭއިން ) އިން ހާމަކުރި ގޮތުގައި މިއަދު 07:30 ގައި ނިޔާވެފައި ވަނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެނެވުނު 92 އަހަރުގެ ދިވެހި އަންހެނެކެވެ.
އަދި އިއްޔެ ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކުރެވިފައި އޮތް 75 އަހަރުގެ ދިވެހި އަންހެނެއްވެސް މި ބަލީގައި ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 79،959 އަށް އަރާފައެވެ. އަދި މިހާރު ރާއްޖޭގައި 1648 އެކްޓިވްކޭސް އެބަތިއްބެވެ.
އިއްޔެ ރާއްޖެއިން މި ބައްޔަށް ޕޮޮޒިޓިވްވީ 95 މީހެކެވެ. އޭގެތެރޭގައި، މާލެއިން 26 މީހަކާއި މީހުންދިރިއުޅޭ ރަށްތަކުން 56 މީހުން އަދި ރިސޯޓުތަކުން 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރުމަށް އަޅާފާހުރި ފިޔަވަޅުތައް ނެގުމަށް ފަހު އައު އާންމު ހާލަތާ ދަނީ ގާތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިން ގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށްވެސް ވެކްސިން ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!