ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ފެސިލިޓީ (އެޗްއެމްއެފް) ގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ މީހަކުނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރިގޮތުގައި މިއަދު ހެނދުނު 11:20 ހާއިރު ނިޔާވެފައި ވަނީ 75 އަހަރުގެ ދިވެހި އަންހެނެކެވެ.

Ad
rt

މި އާއިއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 223 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 79،864 އަށް އަރާފައެވެ. އޭގެތެރެއިން 77،953 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އިއްޔެ ރާއްޖެއިން މި ބައްޔަށް ޕޮޮޒިޓިވްވީ 110 މީހެކެވެ. އޭގެތެރޭގައި، މާލެއިން 34 މީހަކާއި މީހުންދިރިއުޅޭ ރަށްތަކުން 73 މީހުން އަދި ރިސޯޓުތަކުން 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރުމަށް އަޅާފާހުރި ފިޔަވަޅުތައް ނެގުމަށް ފަހު އައު އާންމު ހާލަތާ ދަނީ ގާތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިން ގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށްވެސް ވެކްސިން ދޭން ފަށާފައެވެ.