މާލެ ސިޓީ ކައުންސިލްއިން އާންމުކޮށް ހުޅުވާލައިގެން މާލެ ރައްޔިތުންނާ ބައްދަލުކުރުމުގެ ސެޝަންތަކެއް ހަމަޖައްސައިފިއެވެ.
ސިޓީ ކައުންސިލް އިން މި ބައްދަލުވުންތައް ރާވާފައިވަނީ އަވަށްތަކަށް ބަހާލައިގެންނެވެ. އެގޮތުން މިރޭ ބައްދަލުވުންތައް ފަށާއިރު ފަށަން ހަމަޖައްސާފައި ވަނީ ގަލޮޅުންނެވެ. އެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ ބާ އިންޖީނުގޭ ޕާކުގައެވެ.
އޭގެ ފަހުން މި މަހު 8 ގައި ވިލިމާލެ، 10 ގައި މައްޗަންގޮޅި އަދި 12 ގައި މާފަންނު ރައްޔިތުންނާ ބައްދަލުކުރަން ތާވަލްކޮށްފައިވާއިރު، 14 ގައި ހެންވޭރު އަދި 21 ގައި ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ސިޓީ ކައުންސިލްއިން ބުނިގޮތުގައި މި ބައްދަލުވުންތަކަކީ މާލޭ ސިޓީގެ ތަރައްގީ އަށް މާލެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. އެގޮތުން ރައްޔިތުންނަށް ކޮންމެ ކަމަކާ ގުޅިގެން ހިޔާލު ފާޅުކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
އާ ސިޓީ ކައުންސިލާއެކު މާލޭ ސިޓީ ކައުންސިލާއި ކުރިއަށްވުރެ ގާތުން މަސައްކަތް ކުރުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!