ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން މައުލޫމާތު ބުނިގޮތުގައި، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް 24 ޖޫން 2021 ވަނަ ދުވަހު ވަނީ ނިމިފައެވެ.
އަދި ޕޭވްމަންޓް ހެދުމުގެމަސައްކަތުގެ 55 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި އަދި 166 މީޓަރުގެސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.
މީގެއިތުރުން 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރުބައްތި ހަރުކުރުމާއި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މިއީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ދަނީ އެ ކުންފުންޏާއި ހަވާލުވެފައިވާ ސަރުކާރުގެ އެކި ވަރުގެ ތަރައްގީގެ މަޝްރޫޢޫތަކުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމަމުން އަދި ކުރަމުންނެވެ.
މިގޮތުން ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތާއި، ބިން ހިއްކުމާއި، ރައްރަށުގެ ބަނދަރާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، މަގުތައް ހެދުމާއި، އެކި މުއައްސަސާތަކަށް ބޭނުންވާނޭ އިމާރާތްތައް ކުރުން ފަދަ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!