ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރެއިން 2 މީހުންނަކީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި ދެ މީހުންނެވެ.
ދެން ޕޮޒިޓިވްވި 6 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ.
މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 42 އަށް އަރާފައިވާ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެއެވެ.
އިއްޔެ ވެސް އެ ސިޓީން 8 މީހަކު ޕޮޒިޓިވްވިއެވެ. އެ އެންމެންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ.
މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި އެވެ.
ކޯވިޑްގެ ސަބަބުން ކުޅުދުއްފުށީ ހާލަތު ގޯސްވަމުންދާއިރު އެ ސިޓީ އޮތީވެސް ބަންދު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!