މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

ފޮޓޯ: މުޙައްމަދު  އިނާޒް
ފޮޓޯ: މުޙައްމަދު އިނާޒް

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިމްޕޯޓް އަދި އެކްސްޕޯޓަށް ލިބުނު ކުރިއެރުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަމަހު 247 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖޫންމަހު ލިބުނީ 156 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ތިން ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އެތެރެ ކުރީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، ޗައިނާ، އަދި ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާއެތެރެކޮށްފައިވާއިރު ޗައިނާ އިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓަށް ބަލާއިރު ރާއްޖެއިން ވަނީ 228 މިލިއަން ރުފިޔާގެ މުދާ ބޭރުކޮަށްފައެވެ. މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖޭން ބޭރު ކުެީ 221 މިލިއަންރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެެވެ. ޖޫންމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 60 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް ވަނީ ބޭރުކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި