ކޯވިޑް-19 ޖެހުމުގެ އެންމެ ކާމިޔާބު 25 ގައުމުަތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

މި ލިސްޓުގައި ރާއްޖެ ހިމެނެނީ 19ވަނައިގަ އެވެ. މި ލިސްޓުގައި ކުދި ގައުމުތަކުގެ ތެރޭގައި ހިމެމެނެނީމަދު ގައުމުތަކެކެވެ. އެއީ މަލްޓާ އާއި ސޭޝެލްސް އާއި އައިސްލެންޑު ފަދަ ކުދި އާބާދީ ހިމެނޭ ގައުމުތަކެވެ.

Ad
rt

މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު މިހާތަނަށް ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވަނީ އެންމެ 13.4 އިންސައްތަ މީހުންނެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 50އިންސައްތައަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހައިފައެވެ.

ވެކްސިން ޖެހުމުގެ ރޭހުގައި އެންމެ ކުރީގައި އޮތީ މަލްޓާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ވެކްސިން ޖެހުމުގައި އެންމެ ދަށް ގައުމަކީ ޔުގަންޑާ ޕަޕުއާ ނިއުގިނީ އަދި ދެކުނު ސޫދާން ފަދަ ގައުމުތަކެވެ. މި ގައުމުތަކުގައި ވެކްސިނޭޝަން ރޭޓު ދަށްވީ އެ ގައުމުތަކަކީ ފަގީރު ގައުމުތަކަށް ވާތީއެވެ.

ބައެއް މުއްސަނދި ގައުމުތަކުގެ ވެކްސިނޭޝަން ރޭޓު ވެސް ވަރަށް ދަށެވެ. އެގޮތުން އޮސްޓްރޭލިއާގައި މިހާތަނަށް ވެކްސިން ޖެހީ އާބާދީގެ އެންމެ 12.18އިންސައްތަ މީހުންނެވެ.