ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް ޞާލިޙްގެ މިދަތުރުފުޅުގައި، ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިއްޔެ އިޙްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.