ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކެއްގެ ދަތުރުތައްފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓްރު ޑރ. އަބްދުﷲ މައުސޫމްބައިވެރިވެވަޑައިގެންފިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ރަޝިއާގައި ހުންނަ ދިވެހި ޓުއާ އޮޕްރޭޓިން ކުންފުންޏެއް ކަމަށްވާ ރިސޯޓު ލައިފް ހޮލިޑޭސްގައެވެ. މިއީ ރިސޯޓު ލައިފް ހޮލިޑޭސް އާއި ރެޑްވިންގްސް އެއާލައިން ގުޅިގެން މޮސްކޯއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަސް ފެށުމަށް ބޭއްވި ބައްދަލުވުމެކެވެ.

Ad
rt

މި ބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ވަނީ ރެޑްވިންގްސް އެއާލައިން ހިންގާ ޒިއާ ޓުއާސް އާއި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއީއޯ އާ ރާއްޖޭގެޓޫރިޒަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

މި ބައްދަލުވުމަށްފަހު ޒިއާޓުއާސް އާއި ރިޒޯޓުލައިފް ހޮލިޑޭސް އާއި ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުސޫމް ވަނީ ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނަރުން ކުރަމުން އަންނަ މުހިންމުމަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އެ ގައުމުން ދަތުރުތައް ފަށާއިރު ހާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައްފެށުމަކީ ސަރުކާރުންވަރަށްބޮޑަށް އެދޭކަމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.