ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުކުރުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށްވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 2583 އަކަ މީޓަރުގެސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް 14 ޖުލައި 2021 ވަނަ ދުވަހު ފެށިއްޖެ. އަދި އައު ހާބަރ ބޭސިން ފުކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/imm3fDEW0U
— MTCC Plc (@MTCCPlc) July 15, 2021
މިއީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!