އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ފަޅާލައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ އެސްޑީއެފްސީ ފަޅާލައި، ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad
rt

މި މައްސަލަ މިއަދު ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވަނީ 8:56 ގަ އެވެ.

ފުލުހުންގެ ވިދާޅުވީ އެތަނުގައި މިހާރު ހަރަކާތްތެރި ވަމުން ގެންދަވާ ކަމަށެވެ.

އެސްޑީއެފްސީ ފަޅާލި ނަމަވެސް އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.